މިއީ ދިވެހިންނަށް އައު މޫނަކަށް ވިޔަސް މިމީހާގެ އަޑަކީ އެތައް ދިވެހީންނެއްގެ ފޭވަރިޓު
“ކަލާޒް” ޗެނަލް އިން ގެނެސްދޭ ބިގްބޮސްއަކީ ގިނަ ދިވެހިންނެއް ވަރަށް ޝައުގުވެރިކަމާއެކު ބަލަމުން އަންނަ “ރިއާލިޓީ” ޝޯވ އެކެވެ. ބޮލީވުޑުގެ އެތައް ތަރިންނަކާއެކު އިންޑިއާގެ އާންމުންގެ ބައެއް، އެއްގެއަކު ދިރިއުޅޭ މަންޒަރު ދައްކުވައިދޭ ޝޯވ އެކެވެ. މައްސަލަތައް ޖެހި އެ މައްސަލަތައް ހައްލު ކުރުމަށް އެމީހުން ގެންގުޅޭ އެކިއެކި އުކުޅުތައް އެޝޯވގެ ތެރެއިން ފެނިގެން ދެއެވެ.
ގިނަ ބަޔަކަށް އެނގިފައި އޮންނަނީ އެއީ ސަލްމާން ޚާން ހުށައަޅައިދޭ ޝޯވއެއް ގޮތުގައެވެ. އޭގައި ގޭގެ ދިރިއުޅޭ ބައިވެރިންނާ މުޚާތަބު ކުރުމަށް ބޭނުންކުރެވޭ އަޑަކީ ވެސް ސަލްމާން ގެ އަޑޭ ބައެއް މީހުން ބުނެ އުޅެއެވެ. އެހެންނަމަވެސް އެއީ ހަގީގަތުގައި ސަލްމާން ޚާންގެ އަޑެއް ނޫނެވެ.
މަތީގައި އެވަނީ އެ އަޑުގެ ވެރިޔާއެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ބިގްބޮސް ގެ ރަން އަޑުގެ ވެރިޔާއެވެ. މި މީހާއަކީ ގިނަ ބަޔަކަށް ނުފެނުނު ނަމަވެސް، މި މީހާގެ އަޑު މުޅި ދުނިޔެއިން އަހަމުން އަންނަ މީހެކެވެ.
ނެގިފައިވާ ސްކްރީން ޝޮޓަކީ ޓިކްޓޮކަށް މީހަކު ލައިފައިވާ އިންޓަރވިއު އަކުން ނަގައިފައިވާ ސްކްރީން ޝޮޓެކެވެ. އެ އިންޓަރވިއުގައި އޭނާ ބިގްބޮސް ގެ ކުޑަ ނަކަލެއް ދައްކާލައެވެ. ހަގީގަތުގައި ވެސް އެއީ އޭނައެވެ.
ދުނިޔޭގައި އެކި މީހުންނަށް ލިބިފައިވަނީ އެކި ކަހަލަ ހުނަރޭ ބުނެ އުޅެއެވެ. އެގޮތުން މިއީ ވެސް މި މީހާއަށް ލިބިފައިވާ ވަރަށް ވެސް ތަފާތު ހުނަރެކެވެ. މީހާ ނުފެނުނަސް އެއަޑަކީ ދުނިޔެއަށް ވެސް މަޝްހޫރު އަޑެކެވެ. އެންމެންގެ “ފޭވަރިޓު” ބިގްބޮސް ގެ އަޑުގެ މާހިރަކީ މިއީ އެވެ.