ޚަބަރު

ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ: ޖާބިރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ގަވާއިދާ ހިލާފަށް ށ. ފުނަދުއަށް އަރާފައި ނުވާނެ ކަމަށާއި އަދި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޖާބިރު ވިދާޅުވީ މާލެ ނުދާތާ 14 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ފުނަދުއަށް ދިޔައީ ޔޮޓަށް ތެޔޮ އެޅުމަށް ކަމަށާއި އެވަގުތުގައި އެރަށަށް ފައިބާފައިވާނެ ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލު ރައީސް އަޙުމަދު އިބްރާހިމްފުޅު ވިދާޅުވީ ޖާބިރު ދަތުރުކުރި އުޅަނދަށް މައްސަލައެއް ދިމާވެގެން އެރަށާ ގާތް ކުރިކަމަށާއި އަދި ފުނަދޫގައި ޖާބިރު ،ގާތްގަނޑަކަށް ހަތަރު ގަޑިއިރު ހޭދަ ކުރެއްވި ކަމަށެވެ. ޖާބިރު ރަށަށް ފޭބީ ކައުންސިލުގެ ހުއްދައެއް ނުހޯދާ ކަމަށާއި އުޅުއްވީ މާސްކު ވެސް ނާޅާ ކަމަށް ފުނަދޫ ކައުންސިލު ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅިން އޮންލައިން ނޫހެއް ކަމަށްވާވަންއަށް މައުލޫމާތުދެމުން ޖާބިރު ވިދާޅުވީ، އޭނާ ކަނޑުމަތީގައި އުޅޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން ރަށަކަށް އެރުމުގެ ކުރިން ހުއްދަ ނަގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޖާބިރު ގަވާއިދާ ހިލާފަށް ފުނަދުއަށް އެރި މައްސަލައެއް ށ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ވެސް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަ ފުލުހަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް މިހާރު ހުށަހަޅާފައިވާ ކަމަށް ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ޒުމްރަތު ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ކަނބުލޮ

    އެންމެ ފުރަތަމަ އިސްލާމްދީނަށް ފުރައްސާރަ ކޮށްއުޅޭމީހުންނާދޭތެރޭ ފިޔަވައަޅައިބަލަ…ކީއްވެތަ އެކަމާ އަޑުނުއުފުލަނީ؟

  2. ނައިބު

    މީހަކު ރަށަށް އަރާއިރަށް އެރީ ގަވާއިދާ ޚިލާފަށް ކަމަށް ކައުންސިލްއަށް ނުބުނެވޭނެ. މައުލޫމާތު ފަތުރަންވާނީ ތެދު މައުލޫމާތު ހޯދާ ކަށަވަރުކޮށްފައި.

  3. މުހައްމަދު

    އޭ ޖާބިރު! ކަލޭ މިހާރު ޔޮޓް ތަކަށް ތެޔޮވެސް އަޅަިދެންތޯ؟