ލައިފްސްޓައިލް

މައްޔިތާގެ އެކައުންޓްގައި ހުރި ފައިސާ ނަގަން ބޭންކަށް ދިޔައީ މަރުވެފައިވާ ހަށިގަނޑު ވެސް އުފުލައިގެން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންޑިއާ: ބިހާރުގެ މީހަކު މަރުވުމުން އޭނާގެ ޖަނާޒާގެ ކަންކަން ނިންމުމަށް ބޭނުންވާ ފައިސާ ހޯދުމަށް މައްޔިތާގެ ހަށިގަނޑާއެކު ބަޔަކު ބޭންކަކަށް ގޮސްފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އުމުރުން 55 އަހަރުގެ މަހޭޝް ޔާދަވު ، ދިގު މުއްދަތަކަށް ބަލިވެ އުޅުމަށްފަހު މަރުވީ އަންގާރަ ދުވަހުއެވެ. އަނތްބެއް،ދަރިއެއް އަދި ތިމާގެ މީހެއް ނެތް މަހޭޝްގެ ހަށިގަނޑު އޭނާގެ އަވަށްޓެރީންނަށް ފެނިފައި ވަނީ މަރުވިތާ ގަޑިއިރުތަކެއް ފަހުންނެވެ.

އަވަށްޓެރީން ، މަހޭޝްގެ ޖަނާޒާގެ ކަންކަން ނިންމުމަށް އެ ގޭގައި އެއްވެސް ފައިސާއެއް ހުރިތޯ ބެލިއެވެ. އެއްވެސް ފައިސާއެއް ނުފެނުނު ނަމަވެސް އެމީހުންނަށް ވަނީ މަހޭޝްގެ ބޭންކު އެކައުންޓްގެ ޕާސްބުކް ފެނިފައެވެ. އެ ޕާސްބުކްގައިވާ ގޮތުން މަހޭޝްގެ އެކައުންޓްގައި 1600 ޔޫއެސް ޑޮލަރު ހުއްޓެވެ.

އެހެންވެ އަވަށްޓެރީން ނިންމީ މަހޭޝްގެ ހަށިގަނޑާއެކީ ބޭންކަށް ދިޔުމަށެވެ. ބޭންކުން ފައިސާ ދޫކުރުމަށް ފުރަތަމަ ދެކޮޅު ހެދި ނަމަވެސް ފުލުހުން އެ މައްސަލައިގެ ތެރެއަށް ވަދެ ޖަނާޒާގެ ކަންކަން ނިންމުމަށް ބޭނުންވާ 135 ޑޮލަރު ބޭންކުން ވަނީ ދޫކޮށްފައެވެ.

  1. ތުޑު

    ކީކޭ ދޯ ބުނާނީ ހުރިހާ ކަމަކީ ވެސް ފައިސާކަމުގަ މިވަނީ އިންޑިއާގަ

  2. މަރުހަބާ

    އިންޑިޔާގަނެތްދޯ އެފަދަކަމެއްކޮއްދޭވަރުގެމީހެއް އެކަމަކުސާބަސް