ސުކޫލު ބަސް ލަސްވުމުގެ ސަބަބުން ގަޑި ޖެހޭތީ ކުރީ ޓުވީޓު
![](https://dhen.mv/wp-content/uploads/2021/01/50A5E93F-48D2-480D-B63B-50F69028CA03.jpeg)
އިންޑިއާގެ އަވަށެއްގައި ދިރިއުޅޭ މި ކުއްޖާއަކީ ގުރޭޑު 7 ގައި ތަޢުލީމު ހާސިލު ކުރަމުން އަންނަ ކުއްޖެކެވެ. ކޮންމެ ދުވަހަކު ވެސް ސުކޫލަށް ދިއުމަށް އިންޑިއާ ސަރުކާރު ހަމަޖައްސައިފައިވާ ބަހުގައި ސުކޫލަށް ދާ ކުއްޖެކެވެ.
އެހެންނަމަވެސް ސުކޫލު ބަހުގެ ގަޑި ތަކަށް އައި ބަދަލުތަކާ ގުޅިގެން މި ކުއްޖާގެ ސުކޫލުގަޑި ޖެހެން މެދުވެރިވާ ކަމަށް ބުނެ މިކުއްޖާ ވަނީ ޓްވީޓެއް ކޮށްފައެވެ. ޓުވީޓުގައި ބުނެފައިވަނީ، ކޮންމެ ދުވަހަކި ބަސް އަންނަން ހަމަ ޖެހިފައި ވަނީ ހެނދުނު 7:40 ގައި ކަމަށެވެ. އެހެނަސް 7:30 އެއީ އޭނާ ސުކޫލުގައި ހުންނަން ޖެހޭ ގަޑި ކަމަށް ވެސް ބުނެފައި ވެއެވެ.
މި ޓުވީޓާ ގުޅިގެން ބަސް ހިންގުމުގައި ހަވާލުވެ ތިބި ފަރާތްތަކުން ވަނީ އެ ޓުވީޓަށް ބަލައި، އެއަށް ހައްލު ހޯދައިދޭނެ ކަމަށް ވަގުތުން އަންގައިފައެވެ. އެގޮތުން މާ ގިނަ އިރުތަކެއް ނުވަނީސް ބަސް އެސަރަހައްދަށް ދާ ގަޑި ބަދަލު ކުރީ 7:00 އަށެވެ. ނަތީޖާއެއްގެ ގޮތުން އެ ކުއްޖާއަށް 7:30 މާ ކުރިން ސުކޫލަށް ފޯރައެވެ.
ޓުވީޓަކީ އެހާމެ ބާރުގަދަ އެއްޗެކެވެ. ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް ކުރެވޭ ޓުވީޓެއްގެ ސަބަބުން އެ ޓުވީޓު އެތައް ބައެއްގެ ސަމާލުކަމަށް އާދެއެވެ. މިފަހަރު ވެސް ޓުވީޓެއްގެ ސަބަބުން ކުއްޖެއްގެ ސުކޫލަށް ދާ ބަހުގެ ގަޑި އެކުއްޖާއަށް ފަސޭހަ ވާނޭ ގޮތަކަށް ބަދަލު ކޮށްލެވިއްޖެއެވެ.
![](https://dhen.mv/wp-content/uploads/2024/08/business-comment-ad-top_1200x150px-4.png)