ބޮލީވުޑް

"ވިރުޝްކާ" ގެ ދަރީގެ ފޮޓޯކަމަށް ބުނެ މީސްމީޑިއާގައި ދައުރު ކުރަނީ ފޭކު ފޮޓޯތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރްމާއާއި އޭނާގެ ފިރިމީހާ ވިރާޓު ކޯލީ އަށް ލިބުނު އަންހެން ދަރިފުޅުގެ ފޮޓޯ ކަމަށް ބުނެ ފޭކު ފޮޓޯތަކެއް ފަތުރަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

Ads by Sosun Fihaara

ރެއާއި މިއަދު ހެނދުނު މީސްމީޑިއާ ގައި ވަނީ އަނުޝްކާ އާއި ވިރާޓްގެ ދަރި ކަމަށް ބުނެ ތުއްތު ކުއްޖެއްގެ ފައިތިލައިގެ ފޮޓޯ އަކާއި އަންހެނަކު ތުއްތު ކުއްޖެއް އުރައިގެން ހުރި ފޮޓޯއެއް އާންމު ކޮށްފައެވެ. ނަމަވެސް ހަގީގަތުގައި މި ދެ ފޮޓޯއަކީ ވެސް އަނުޝްކާ އާއި ވިރާޓުގެ ދަރީގެ ފޮޓޯއެއް ނޫން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އަނުޝްކާ ވިހެއި ޚަބަރާއެކު އިއްޔެ ދެން ފެނިގެން ދިޔައީ ތުއްތު ކުއްޖެއްގެ ދެ ފައި ތިލައިގެ ފޮޓޯއެއް، ވިރާޓުގެ ބޭބެ ވިކާސް، އިންސްޓަގްރާމް ގައި ހިއްސާކޮށް، އެދެމަފިރިންނަށް މަރުޙަބާ ކިޔާފައި ވަނިކޮށެވެ. އާއިލާ މީހަކު މިފަދައިން ފޮޓޯއެއް ހިއްސާ ކުރުމުން މީޑިއާތަކަށް ހީވީ އެއީ އަނުޝްކާ އާއި ވިރާޓުގެ ދަރިފުޅުގެ ފޮޓޯ ކަމަށެވެ. އަދި އެތައް ބަޔަކު އެފޮޓޯ ހިއްސާ ކުރިއިރު، ވިކާސް ފަހުން ބުނެފައިވަނީ އެއީ "ވިރުޝްކާ" ގެ އަންހެން ދަރިފުޅުގެ ފޮޓޯއެއް ނޫން ކަމަށާއި އިންޓަނެޓުން އޭނާ ހޯދާލި ފޮޓޯއެއް ކަމަށެވެ.

މީގެއިތުރުން އަންހެނަކު ކުޑަކުއްޖެއް އުރައިގެން ހުރި ފޮޓޯއެއް ވެސް ދައުރުވާއިރު، އެއީ 2009 ވަނަ އަހަރުގެ ފޮޓޯއެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!