Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ ވައްކަން: އިތުރު ތިން މީހަކު ހައްޔަރުކޮށް ދިގަލި ޝަރީއަތް ނިމެންދެން ބަންދަށް

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ ވައްކަން: އިތުރު ތިން މީހަކު ހައްޔަރުކޮށް ދިގަލި ޝަރީއަތް ނިމެންދެން ބަންދަށް
މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 13.6 މިލިއަން ސިނގިރެޓްތައް ބަހައްޓާފައި ހުރި ދެ ކޮންޓޭނަރު ވަގަށް ނެގި މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ. ހުޅުމާލެ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި އެ ސިނގިރޭޓުތައް ގެއްލުނު މައްސަލާގައި މި މަހުގެ 14 ވަނަ ދުވަހު އެންމެ ފުރަތަމަ ހައްޔަރުކުރީ ހަތަރު މީހެކެވެ. އަދި ފަހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ  ދެ ކޮންޓޭނަރު ވަގަށް ނަގައިގެން ގެންދިޔަކަމަށް ބެލެވޭ ދޯނީގެ ކެޕްޓަން ވެސް ހައްޔަރުކޮށްފަ އެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި އިއްޔެ އިތުރު ތިން މީހަކު ވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. އެ މައްސައިގައި އިއްޔެ ހައްޔަރުކުރީ
  • ހދ.ވައިކަރަދޫ/ނޫރަލީގެ، އަހުމަދު ޝަހީމް (42އ)-
  • ސ.ހިތަދޫ/ޗާނދަނީގެ، ޙުސައިން ސާމިހު (35އ)
  • ހ. ރޫމޭނިޔާ/މާލެ، އަހުމަދު ފިރުސާން (35އ)
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އަހުމަދު ޝަހީމާއި ހުސައިން ސާމިހު ހަތް ދުވަހަށް އަދި ފިރުސާން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ކުރިން ހައްޔަރުކޮށްފައިވަނީ
  • ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)
  • އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)
  • ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ
  • ކަސްޓަމަސްގައި މިހާރު މަސައްކަތް ކުރަމުންދާ ސީނިއާ މުވައްޒަފު، ޒިވާރު އިސްމާއިލް
  • ދޯނީގެ ކެޕްޓެން، ނ. މިލަދޫ/ ކެނެރީގޭ/ އާދަމް ވަހީދު (54އ.)
ކުރިން ހައްޔަރުކުރި މީހުން މިހާރު ވެސް ތިބީ ބަންދުގަ އެވެ. އޭގެ ތެރެއިން ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް