ކައިވެންޏަށް ފަހު ފިރިމީހާގެ ފައިސާ ތަކާއި އަގުބޮޑެތި ގަހަނާތައް ވަގަށް ނަގައިގެން އަންހެނަކު ފިލައިފި

އިންޑިއާގެ އަންހެނަކު ކައިވެންޏަށްފަހު އޭނާގެ ފިރިމީހާގެ ފައިސާ ތަކާއި އަގުބޮޑެތި ގަހަނާތައް ވަގަށް ނެގުމަށްފަހު ފިލައިފިއެވެ.
މި ދެމީހުން ކައިވެނި ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް ކައިވެނި ކުރިތާ މަހެއް ފަހުން އަންހެން މީހާ ވަނީ ފިލައިގެން ގޮސްފައެވެ. އޭނާ ދިޔަތަނެއް މިހާތަނަށް ވެސް އެނގިފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން އޭނާގެ ފިރިމީހާ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މި އަންހެން މީހާ ފިލައިފައި ވަނީ 70،000 އިންޑިއަން ރުޕީސްއާއެކު ރަން ގަހަނާތަކެއް ވެސް ހިފައިގެންނެވެ. މިކަމާ ގުޅިގެން ފުލުހުންނާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ އެ އަންހެން މީހާގެ އާއިލާ ވެސް ގެއްލިފައިވާ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތުން ވެސް އެ އަންހެން މީހާ ވެސް އަދި އާއިލާގެ މީހަކު ވެސް ފެނިފައެއް ނުވެއެވެ.
މިފަދަ ކަންތައްތަކަކީ އާންމު ކޮށް ހިނގާ ކަންތައްތަކެއް ނޫނެވެ. އެހެން ނަމަވެސް މަދުން ނަަމަވެސް ފައިސާގެ ދަހިވެތިކަމުގައި މީހުންނާ އިންނަ މީހުން ވެސް އުޅެއެވެ.