Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވިއްސާރައިގައި ގެއްލުން ލިބުނު ގެއެއްގެ ފުރާޅު، ފުލުހުން މަރާމާތުކޮށްދީފި

ވިއްސާރައިގައި ގެއްލުން ލިބުނު ގެއެއްގެ ފުރާޅު، ފުލުހުން މަރާމާތުކޮށްދީފި

އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެއެއްގެ ފުރާޅު، ފުލުހުން މަރާމާތުކޮށްދީފިއެވެ.

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު އައްޑުއަށް ކުރި ވިއްސާރައިގައި ސ.ހިތަދޫ / ބިނާޓުގޭގެ ފުރާޅު ހަލާކުވެ، ފުރާޅުން ގޭގެ ތެރެއަށް ފެން ފައިބައި ސީލިންގާއި ކޮޓަރިތެރޭގައި ހުރި ތަކެއްޗަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށެވެ.

"ގޭގައި ދިރިއުޅޭ ފަރާތްތަކުން ފުލުހުންގެ އެހީތެރިކަމަށް އެދުމުން ފުރާޅު މަރާމާތު ކުރުމުގައި އައްޑޫ ސިޓީ ހިތަދޫ ޕޮލިސްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި" އައްޑޫ ސިޓީ ހިތަދޫގެ ފުލުހުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

އެނގިފައިވާ ގޮތުން މީގެ ކުރިން ވެސް އެފަދަ ހާދިސާތަކާ ގުޅިގެން އައްޑޫގެ ފުލުހުން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް