ޚަބަރު

"ވެލިގަނޑު އައިލެންޑް ރިސޯޓުގެ ކޮޓަރިއެއްގައި އަލިފާން ރޯވީ އޭސީގެ ކަރަންޓު ޝޯޓުވެގެން"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އއ. އަތޮޅުގައި ގާއިމު ކޮށްފައިވާ ވެލިގަނޑު އައިލެންޑު ރިސޯޓުގެ ކޮޓަރިއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގީ، އޭސީގެ ކަރަންޓު ޝޯޓުވެގެން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ.

Ads by STELCO

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާޙިމް އާޒިމް ވިދާޅުވީ އެރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު މިއަދު 14:15 ހާއިރު ލިބިގެން، އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ އެރިސޯޓުގެ ގެސްޓު ރޫމެއްގައި ކަމަށް ވެސް އެމްއެންޑީއެފް އިން މީގެ ކުރިން ވަނީ ބުނެފައެވެ.

މިހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ދެއްވަމުން މޭޖަރ އާޒިމް މިރޭ ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އެކޮޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގީ އެތަނުގެ އޭސީ ޝޯޓު ވެގެން ކަމަށެވެ. މިހާދިސާގައި އެކޮޓަރި ވަނީ އެއްކޮށް އަނދާފައެވެ.

އެމްއެންޑީއެފް އަށް އެރިސޯޓަށް ދެވުމުގެ ކުރިން، ރިސޯޓު މުވައްޒަފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!