Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހޯރަފުށީގައި ބުޅަލެއް މަރައިލި މައްސަލައެއް

ހޯރަފުށީގައި ބުޅަލެއް މަރައިލި މައްސަލައެއް

ހއ. ހޯރަފުށީގައި ބުޅަލެއް މަރައިލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް މައްސަލައެއް މިމަހުގެ 12ވަނަ ދުވަހުގެ ރޭ 19:06ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

"މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

މީގެ ކުރީގައި ވެސް ބުޅަލަށް އަނިޔާކޮށް މަރާލާފައިވާ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް