ޚަބަރު

ސޫދާންގެ ޓީޗަރަށް ލެޕްރަސީ ޖެހިފައިވާކަން އެނގިފައެއް ނުވޭ: އދ. އަތޮޅު ކައުންސިލް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އދ. އަތޮޅު ކައުންސިލުން ރާއްޖެ ގެނެސްފައި ހުރި ސޫދާންގެ ޤުރްއާން ޓީޗަރަށް ލެޕްރަސީ ޖެހިފައިވާކަން އަދި އެނގިފައިނުވާ ކަމަށް އެއަތޮޅު ކައުންސިލުން ބުނެފިއެވެ.

Ads by MWSC

އދ.އަތޮޅު ކައުންސިލުން ގެނެސްފައިވާ އެ ޓީޗަރު ލެޕްރަސީ ޖެހިފައިވާ ކަމަށް މީސްމީޑިއާގައި ދެކެވޭ ވާހަކައާ ގުޅޭ ގޮތުން އަތޮޅު ކައުންސިލުގެ ރައީސް އަލީ ނަސީރު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އދ. އަތޮޅުން ރާއްޖެ ގެނެސްފައި ހުރި ސޫދާންގެ ޤުރްއާން ޓީޗަރަށް ލެޕްރަސީ ޖެހިފައިވާކަން އެނގިފައިނުވާ ކަމަށާއި ނަމަވެސް އޭނާ ޗުއްޓީއަށް ދާން އުޅޭ ކަމަށެވެ.

"އަދި ތިކަހަލަ މައުލޫމާތެއް އަޅުގަނޑުމެންނަށް ލިބިފައެއް ނުވޭ. އެހެންނަމަވެސް އެޓީޗަރު ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދާން މިއަދު އުޅެނީ" ޢަލީ ނަސީރު ވިދާޅުވިއެވެ.

މަހިބަދޫގައި މިހާރު ކުރިއަށްދާ ޞިއްހީ ސްކްރީން ޕްރޮގްރާމަކާއި ، ސޫދާން ޓީޗަރުގެ ބައްޔާ ގުޅުވައިގެން ދައްކާ ވާހަކައާ ގުޅޭގޮތުން މަހިބަދޫ ކައުންސިލުގެ ކުރީގެ ނައިބު ރައީސް ބުންޔާމިން ޙަސަން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަހިބަދޫ ގައި ކުރިއަށްދަނީ މުޅި ރާއްޖޭގައި ހިންގާ، "ގައިން ގަޔަށް އަރާ ހަމުގެ ބަލިތަކުގެ" ސްކްރީނިންގ ޕްރޮގްރާމެއް ކަމަށެވެ.

"މުޅި ރާއްޖޭގައި ހިންގައެއްނު ގައިން ގަޔަށް އަރާ ހަމުގެ ބަލިތަކުގެ ސްކްރީން، މުޅި ރާއްޖެއަށް ހިންގާ ޕްރޮގްރާމުގެ ތެރެއިން މިކޮޅުގައި ހިންގާ ޕްރޮގްރާމެއް އެއީ" ބުންޔާމިން ވިދާޅުވިއެވެ.

ބުންޔާމިން ވިދާޅުވީ، މަހިބަދޫ ގައި އެސްކްރީނިންގ ޕްރޮގްރާމް ހިންގަނީ ސޫދާންގެ ޓީޗަރަކަށް ލެޕްރަސީ ޖެހިގެން ހިންގާ ކޭސް އަކާ ގުޅިގެނެއް ނޫން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!