ޚަބަރު

ސިނަމާތައް ހުޅުވަން ހުއްދަ ދެއްވިއިރު، ޤުރްއާން ކްލާސްތައް ހުޅުވުމާއިމެދު ގޮތެއް ނުނިންމިގެން އުޅެނީ ކީއްވެތޯ؟ : ޑރ. ޢިޔާޒް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސިނަމާތައް ހުޅުވަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދެއްވިއިރު، ޤުރްއާން ކްލާސްތައް ހުޅުވުމާމެދު ގޮތެއް ނުނިމިގެން އުޅެނީ ކީއްވެތޯ ވިދާޅުވެ، ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް ސުވާލު ކުރައްވައިފިއެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެ އެޖެންސީން އާންމުކުރި "ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލުތައް ބޭނުން ކުރަންވީ ގޮތުގެ އުސޫލު"އާ އެއްގޮތަށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ހުޅުވާލުން އެންމެ ރަނގަޅު ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިނަމާތައް ހުޅުވުމުގެ ހުއްދަ ދެއްވިއިރު ޤުރްއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް އަލުން ފެށުމާއިމެދު ގޮތެއް ނުނިމިގެން އުޅެނީ ކީއްވެތޯއެވެ.

"ކޮވިޑް-19 ފެތުރެނީ ޤުރްއާން ކްލާހުންނާއި ޓިއުޝަން ސެންޓަރު ތަކުންތޯ؟" ޑރ. އިޔާޒް ސުވާލޫ ކުރެއްވާފައިވެއެވެ.

ޑރ. އިޔާޒްގެ އެ ޓްވީޓަށް ކޮމެންޓު ކުރައްވަމުން ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވީ އިންސާފުން ކަންކަން ނުކުރާނަމަ މުއައްސަސާތަކަށް އޮންނަ ގަދަރު ކުޑަވާނެ ކަމަށެވެ.

"އަދި މުޖުތަމައުގައި އޮންނަ ހަމަނުޖެހުން ބޮޑު ވާނެ" ޒައިދު ވިދާޅުވެފައިވެއެވެ.

Ads by PNC
  1. ޙަނާ

    ޤުރުއާން ކިޔެވެނީ ކްލާހަށް ގޮސްގެންތަ؟ އެކިޔެވޭނެ ގޭގަ ތިބެގެންވެސް.

  2. ކޮވިޑް 19 ޢޭކިޔާއިގެން ގައުމުތަކުގެ ލީޑަރުން ކުޅެނީ ސިޔާސީ ޑުރާމާއެއް !

  3. ޜައްޔިތުމީހާ

    ފިލްމުވެސްބެލޭނެ ސިނަމާއައްނުދިޔަސް ލާދީނީވަބާ.