ވަރުން ދަވަންގެ ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައިވާ "ގަނޑުވަރު" ދައްކާލައިފި

މީގެ ކުޑަދުވަސްކޮޅެއް ކުރިން ނޫސްތަކުގެ ފަލަ ސުރުހީއަށް އެރި ހަބަރަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަން ކައިވެނި ކުރަން އުޅޭ ޚަބަރެވެ. އޭނާގެ ކައިވެނީގެ ހަފްލާ މިހާރު ދަނީ ކުރިއަށެވެ.
ވަރުން ކައިވެނި ކުރަނީ ނަތާޝާ ދަލާލް ނަމަކަށް ކިޔާ އަންހެން ކުއްޖަކާއެވެ. ވަރުން އާއި ނަތާޝާގެ ކައިވެނީގެ ހަފްލާ މިހާރު ކުރިއަށް ދާއިރު އެދެމީހުންގެ ކައިވެނީގެ ހަފްލާ ބާއްވާ "ގަނޑުވަރު" ވަނީ ދައްކާލާފައެވެ. އަދި އެތަނަށް ވަނީ ގިނަ ސެލެބްރިޓީންތަކެއް އެއްވެ މުޅި މާހައުލު ފުރާލައިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.


ވަރުންގެ ކައިވެނީގެ ހަފްލާ ބާއްވާ މުޅި މާހައުލު ވަނީ ގުދުރަތީ ރީތިކަމުން ޖަރީ ކުރެވިފައެވެ. އެގޮތުން ފެހި ވިނަތަކާއި ރީތި ގަސްތައް ވަރުންގެ ކައިވެންޏަށް ހާއްސަކޮށް ވަނީ ޖަރީ ކުރެވިފައެވެ. މި ހަފްލާ މިއަދު ހަވީރުން ފަށައިގެން ކުރިއަށް ދާއިރު މިރޭ ވެސް މި ހަފްލާ ކުރިއަށް ދާނެއެވެ.
ވަރުންގެ ކައިވެނީގެ ހަފްލާ ބާއްވާ "ގަނޑުވަރު"ގެ އެތެރެ ވެސް ވަނީ ވަރަށް ޝާހީ ގޮތަކަށް ފަރުމާ ކޮށްފައެވެ. އަދި މި ހަފްލާގައި މިއުޒިކް ކުޅުމުގެ ހަރަކާތްތަކާއި ނެށުމުގެ ހަރަކާތްތައް ވެސް ވަނީ ރާވާފައެވެ. އަދި މި ހަފްލާގައި ޕޫލަަށް އެރި މަޖާ ކުރުމުގެ ފުރުސަތު ވެސް ލިބިގެން ދާނެއެވެ.
