މާލޭގެ އުސް އިމާރާތަކުން މީހަކު ވެއްޓިއްޖެ

މާލޭގެ އުސް އިމާރާތަކުން ދިވެއްސަކު ވެއްޓިއްޖެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަބުދެލި މަގުގައި ހުރި ގެއެއްގެ މަތިން މީހަކު ވެއްޓިގެން މިރޭ 19:45 އެހައިކަންހާއިރު ފުލުހުންނަށް މައުލޫމާތު ލިބުމާ ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ވެއްޓި އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށް ވެސް އޮފިޝަލް ކަށަވަރު ކޮށްދެއްވިއެވެ.
"އެ މީހާ އަށް މިހާރު އައިޖީއެމްއެޗް ގައި ދަނީ ފަރުވާ ދެމުން" އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެ މީހާއަށް ލިބުނީ ކިހާވަރެއްގެ ޒަޚަމެއްކަން އަދި އެނގިފައެއް ނުވެއެވެ.