ރައްޔިތުންގެ މަޖިލިސް ވެސް ޓިކްޓޮކަށް، އެދެނީ ފޮލޯ ކުރުމަށް

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ވެސް ޓިކްޓޮކް އެކައުންޓެއް ހުޅުވައިފިއެވެ.
އެކަން ހާމަ ކުރަމުން މަޖިލިހުން ކުރި ޓްވީޓެއްގައި އެދިފައިވަނީ އެއެކައުންޓު ފޮލޯ ކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޓިކްޓޮކް އެކައުންޓަކީ People's Majlis އެވެ.

މިވަގުތާއި ހަމައަށް 32 މީހަކު އެއެކައުންޓު ފޮލޯ ކޮށްފައިވާއިރު، އެއެކައުންޓުން ފޮލޯ ކުރަނީ އެންމެ މީހެކެވެ. އެއީ ޙަސަން ޒިޔާ ނަމަކަށް ކިޔާ އެކައުންޓެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޓިކްްޓޮކް އެކައުންޓުގައި މިވަގުތު ހިއްސާ ކޮށްފައިވަނީ އެންމެ ވީޑިއޯ އެކެވެ. އެއީ ނިމިދިޔަ 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މަޖިލީހަށް ވަޑައިގެންނެވި ޖަލްސާގެ ކުރު ވީޑިއޯ ކޮޅެކެވެ. އެވީޑިއޯ އަށް 19 ލައިކް އާއި އެއް ކޮމެންޓު މިހާ ތަނަށް ލިބިފައިވެއެވެ.