ޚަބަރު

މިސްކިތުގައި މީހަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް އިތުރު ފަސް ދުވަސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުޅުމާލޭ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހެއްގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފިއެވެ.

Ads by STELCO

މިމަހުގެ 15 ވަނަ ދުވަހު ހިނގި ހިނގި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން މިއަދު ވަނީ އިތުރު ފަސް ދުވަސް ޖަހައިދީފައި ކަމަށެވެ.

ފުލުހުން އެ ދުވަހު ވިދާޅުވީ އަޒީޒާ މިސްކިތުގެ ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަސް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނަކު އެ މީހާ ނެރެން އުޅެ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެމިސްކިތުގައި އެވަގުތު ތިބި ބައެއް މީހުން ބުނެފައިވަނީ، އިންޑިއާ މީހާ މާރާމާރީ ހިންގީ ކޮންމެވެސް އެއްޗެއް ދިވެހި މީހާ ނެގިކަމަށް ތުހުމަތުކޮށް، ދިވެހި މީހާ ބަލައިފާސް ކުރަން އުޅެމުން ކަމަށެވެ.

އެމީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތަށް ފުރަތަމަ ޖަހާފައި ވަނީ 10 ދުވަހެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!