ޚަބަރު

ވެކްސިން ގެނެއުމުގެ ކުރިން އިދިކޮޅުން ދެކޭގޮތް ހޯދަން ސަރުކާރުން ގުޅި: ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި އެއްލައްކަ ޑޯޒްގެ ވެކްސިން ރާއްޖެ ގެނެއުމުގެ ކުރިން އިދިކޮޅުން ދެކޭ ގޮތް ހޯދަން ސަރުކާރުން ގުޅިކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިޔާމް މިހެން ވިދާޅުވެފައި ވަނީ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުންމެވެ. ޝިޔާމް ވިދާޅުވީ، ވެކްސިން ގެނެއުމުގެ ކުރިން އިދިކޮޅުން ދެކޭގޮތް ހޯދަން ސަރުކާރުން ގުޅި ކަމަށެވެ. އަދި މިހާރު ރާއްޖެއަށް ސަރުކާރުން ގެނެސްފައިވާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި ހުއްދަ ދީފައިނުވާ ވެކްސިނެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ

“ރައްޔިތުންނާއި ގުޅުންހުރި މިކަހަލަ ހައްސާސް ކަންކަމުގައި އަޅުގަނޑުމެން ޕާޓީން އެއްޗެއް ދަންނަވާނަމަ ދަންނަވާނީ، އެކަމަކާ ގުޅުންހުރި ޓެކްނިކަލް ލަފާފުޅު ހޯދުމަށްފަހުގައި" ޝިޔާމް ވިދާޅުވިއެވެ.

ރާއްޖެ އަށް ފޮނުވާފައިވަނީ އިންޑިއާގައި ވެސް ހުއްދަ ދީފައިވާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިނެވެ. އޮކްސްފޯޑް އަދި އެސްޓްރަޒެނެކާއިން ލައިސެންސް ދީގެން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިނުގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް މިހާރު ގެނެސްފައެވެ.

އެޗްއީއޯސީން މައުލޫމާތު ދޭ ގޮތުގައި، މި ވެކްސިން ރައްޔިތުންނަށް ދޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށް ފަހު އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ހުއްދަ ލިބުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!