ޚަބަރު

ޖަލުތައް ފުރެންދެން ޖަލަށްދާން އިދިކޮޅުން ތިބީ ތައްޔާރަށް: ސައީދު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިދިކޮޅުން މުޒާހަރާއަށް ނިކުންނަ މީހުންގެ އަދަދު އަންނަނީ ގިނަ ވަމުން ކަމަށާއި، ޖަލުތައް ފުރެންދެން ވެސް އިދިކޮޅުން ތިބީ ޖަލަށް ދާން ތައްޔާރަށް ކަމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ކޮވިޑް-19އިން ރައްކާތެރިވުމަށް އިންޑިއާއިން ހަދިޔާ ކުރި ވެކްސިންއާ ގުޅޭ މައުލޫމާތުތައް ހާމަކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިއަދު މުޒާހަރާ ކޮށްފައިވާއިރު، އެ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

ހަމައެއާއެކު މިދިޔަ ހޯމަ ދުވަހު އިދިކޮޅުން ހުރި މުޒާހަރާއެއްގެ ތެރެއިން ވެސް އެދެބޭފުޅުން ހައްޔަރު ކުރެވުނުއިރު، ފަހުން އެ ދެބޭފުޅުން ވެސް ވަނީ ދޫކޮށްލާފައެވެ.

މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހައްމަދު ސައީދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިދިކޮޅުގެ މުޒާހަރާތަކަށް ދާ މީހުން އިތުރުވަމުންދާނެ ކަމަށާއި، ޖަލުގައި ގޮޅި ހުރި ވަރަކަށް ޖަލަށް ދާން އިދިކޮޅުން ތިބީ ތައްޔާރަށް ކަމުގައެވެ.

އަބްދުއްރަހީމާއި ޝުޖާއުގެ އިތުރުން ރައީސް ޔާމީންވެސް ޖަލަށްލާފައިވާކަން ފާހަގަ ކުރައްވާ، ސައީދު ވިދާޅުވީ ޑިމޮކްރެސީގެ ވާހަކަ ދައްކަމުން، ސަރުކާރު ހިންގާ ކޯލިޝަނުން އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލަމުންދާ ކަމަށެވެ.

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!