ޚަބަރު

ޤައިދީންނަށް ޙާއްސަ ކޮށްގެން ކުރިއަށްގެންދާ ކޯހެެއްގެ ކިޔެވުން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯހެއްގެ ކިޔެވުން ފަށައިފިއެވެ.

Ads by STELCO

މާފުށީ ޖަލުގައި ފަސް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި 12 ގައިދީންނާއި 15 ޕްރިޒަން އޮފިސަރުން ވަނީ  ބައިވެރިވެފައެވެ. މި ކޯހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް(އެމްސީއެސްއިން ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަންކޯހެވެ. މި ކޯހުގެ ހަވަނަ ބެޗްގެ ކިޔެވުން އިއްޔެ ވަނީ ފަށާފައެވެ.

މި ކޯހުގެ މަގްސަދަކީ ކޯހުގެ ބައިވެރިންނަށް ކަރަންޓު ވައިރުކުރުމާ ބެހޭ މައުލޫމާތު ދިނުމާއި، ވައިރު ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި، ތަކެތި ކިޔައިދީ، ކަރަންޓާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުމުގައި ވިސްނަންވީ ކަންތައްތައް އަންގައިދީ، ބޭސިކް ކަރަންޓު ވައިރު ކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން، ޖަލުގެ މާޙައުލުން ނުކުތުމަށްފަހު ގޯތި ގެދޮރާއި އެހެނިހެން އިމާރާތްތަކާއި ތަންތަން ވައިރު ކުރާނެ ގޮތްތައް ދަރިވަރުންނަށް ދަސްކޮށްދިނުމެވެ.

މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އެމް.ކިއު.އޭއިން ލެވަލް 01 ގެ ފެންވަރަށް ޤަބޫލުކުރާ ސެޓްފިކެޓެއް ލިބޭނެއެވެ. އަދި މި ކޯހުގައި ކިޔަވައި ދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!