ޚަބަރު

ބުހުތާން ދޮގު، އައްޑޫގައި ހިންދޫ ފައްޅިއެއް ނެތް: އިބްރާހިމް ދީދީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައްޑޫސިޓީގައި ހިންދޫ ދީނުގެ ފައްޅިއެއް ހުރި ކަމަށް ގޫގްލް މެޕްސް އިން ދެއްކުމާއެކު އެފަދަ ފައްޅިއެއް ހުރިކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތައް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ މިއަދު ދޮގު ކުރައްވައިފިއެވެ.

Ads by STELCO

ގޫގްލް މެޕްސްއިން ދައްކާފައި ވަނީ އައްޑޫސިޓީ ހިތަދޫގައި "ޖޭ ޝްރީ ރާމް" ނަމަކަށް ފައްޅިއެއް ހުންނަ ކަމަށެވެެ. މިކަމާއި ގުޅިގެން މީސްމީޑިއާގައި އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިންޑިއާއިން އެތަނުގައި ފައްޅިއެއް އަޅާފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އިބްރާހިމް ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ "ބުހުތާން ދޮގެެއް" ކަމަށާއި އައްޑޫގައި އެބުނާ ފައްޅިއެއް ނެތް ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ މީސް މީޑިއާއިން އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އިތުރަށް ސާފު ކުރަންޖެހޭ ކަންކަން ބެލުމަށްފަހު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!