ދުނިޔެ

އަންހެނެއް ދިރިއުޅެމުން ދިޔަ ގެއަކުން ގިނަ އަދަދެއްގެ ފައިދިގު މަކުނުތަކެއް ފެންނަ ވީޑިއޯއެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ އަންހެނެއްގެ ގެއިން ގިނަ އަދަދެއްގެ ފައިދިގު މަކުނުތަކެއް ފެނިއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ ޚަބަރުތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެގެއިން ގިނަ އަދަދެއްގެ ފައިދިގު މަކުނުތަކެއް ފެނިފައި ވަނީ، އެގެއަށް ޒިޔާރަތް ކުރި އަންހެނަކަށެވެ.

މި މަންޒަރު ފެންނަ ގޮތަށް ޓުވިޓާގައި ފޮޓޯއެއް އާންމު ކޮށްފައިވާއިރު، އޭގައި ބުނެފައިވަނީ ހުރިހާ މަކުނުތަކަށް ގެ އެއްކޮށް ހިބައިން ދީފާނެ ކަމުގައެވެ. އަދި މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ވެސް ވަނީ ލިބިގެން ގޮސްފައެވެ.

ޕޯސްޓު ކޮށްފައިވާ ފޮޓޯއަކީ އެޑިޓު ކުރެވިފައިވާ ފޮޓޯއެއް ކަމުގައި ވާހަކަ ދެކެވެން ފެށުމުން އެ މަކުނުތައް ފެންނަހެން ވީޑިއޯއެއް ކޮށް ޓުވިޓާގައި ވަނީ އާންމު ވެސް ކޮށްފައެވެ.

އެ ވީޑިއޯ އިއްޔެގެ ވަގުތެއްގައި ޓުވީޓު ކުރެވިފައިވާއިރު، މިހާރު 10،000 އަށް ވުރެ ގިނަ މީހުން އެ ވީޑިއޯ ވަނީ ބަލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!