ޚަބަރު

ކޮވިޑް-19:ކޮޅުފުށިން ލ.ގަމަށް ދަތުރުކުރި 3 މީހަކު ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ގަން
ލ.ގަމު މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

މ.ކޮޅުފުށިން ލ.ގަމަށް ދަތުރުކުރި 3 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު “ދެން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްސިވީ މި މަހު 20 ވަނަ ދުވަހު ކޮޅުފުށިން ގަމަށް ދަތުރުކުރި ބައެއް ކަމަށެވެ.

މި 3 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެނގުނީ ގަމަށް ދަތުރު ކުރުމަށް ފަހު، އަނބުރާ ކޮޅުފުށްޓަށް ދިޔަ ފަހުންނެވެ.ގަމުން ކޮޅުފުއްޓަށް މި މީހުން ގޮސްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮޅުފުށިން މިހާތަނަށް 25 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ކޮޅުފުށިން 16 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މީގެ ކުރިން އެރަށުން ވަނީ 9 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެ ރަށުގައި ޗުއްޓީ ހޭދަކޮށްފައި މާލެ އަނބުރާ އައި މީހަކު ކޮވިޑް 19 އަށް ފައްސިވުމާ ގުޅިގެން ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މަހުގެ 24 ވަނަ ދުވަހުގައެވެ.

އަދި ޖެނުއަރީ ފަހެއްގެ ފަހުން މ. ކޮޅުފުށިން އެހެން ރަށަކަށް ދަތުރުކުރި މީހުން ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިއުލާނު ވެސް ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!