"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ޕެނަލްޓީގައި ސްކޮޑްރާ އެސްސީ ބަލިކޮށް ދަ ރޯޔަލްސް ކުއާޓާ ފައިނަލަށް
“ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންްޖުގެ ދެވަނަ ބުރުގައި ރޭ ކުޅެވުނު ތިން ވަނަ މެޗުގައި ސްކޮޑްރާ އެފްސީ އަދި ދަ ރޯޔަލްސް ބައްދަލު ކުރި މެޗު، ޕެނަލްޓީ ޖަހައިގެން ކާމިޔާބު ކޮށް ދަ ރޯ ރޯޔަލްސް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
ރޭގައި މި ދެޓީމު ބައްދަލު ކުރި މެޗު 3-3 އިން އެއްވަރުވެ ޖެހުނީ ޕެނަލްޓީ ޖަހާށެވެ. މެޗުގައި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ދަ ރޯޔަލްސްގެ ގޯލްތައް ޖަހައިދިނީ އިސްމާއިލް އަންވަރާއި އައްޒާމް އަލިދީދީ އަދި މުހައްމަދު އަލާއުއެވެ. އަދި ސްކޮޑްރާގެ ގޯލްތައް ޖަހައިދިނީ އިސްމާއިލް ނަސީމާއި އަބްދުﷲ ސަނާނެވެ. އިސްމާއިލް ނަސީމް ވަނީ ދެ ގޯލް ޖަހާފައެވެ.
ރޭގެ މެޗު ޕެނަލްޓީ ޖަހައިގެން ނިމިގެން ދިޔައީ 8-6ގެ ނަތީޖާ އަކުންނެވެ. އެގޮތުން ދަ ރޯޔަލްސް އިން ވަނީ ހުރިހާ ޕެނަލްޓީއެއްް ކާމިޔާބު ކޮށްފައެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ ރޯޔަލްސްގެ އިސްމާއިލް އަންވާރެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.
ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.
މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.