Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 6.75ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން އެކަން ހާމަކުރީ މިރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން އިއްޔެ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނު ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

Advertisement
HDC — Sidebar (box)

އޭގައި ހުރީ ސިންތެޓިކް ކެތިނޯން ކަމަށާއި ބަރުދަނުގައި 6750ގްރާމްހުރި ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

އެ ޝިޕްމަންޓް އެތެރެކުރި ބައެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ. އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ވެސް ސާފެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ވަނީ އިތުރުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް