ދުނިޔެ

ބަރަހަނާ ފޮޓޯ ލީކު ކުރާނެ ކަމަށް ބުނެ އަންހެނުން ތަކަކަށް ބިރު ދައްކަމުން ދިޔަ މީހަކު ހައްޔަރު ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނިއުދިއްލި، އިންޑިއާ:ބަރަހަނާ ފޮޓޯ ލީކު ކުރާނެ ކަމަށް ބުނެ ފައިސާ ހޯދުމަށް މީސްމީޑިއާގައި އަންހެނުން ތަކަކަށް ބިރު ދައްކަމުން ދިޔަ މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާ ގޮތުގައި މި މީހާ ވަނީ އަންހެނުންނަށް ބިރު ދައްކައި ބަރަހަނާ ފޮޓޯ ހޯދުމަށް ފަހު އެ ފޮޓޯތައް މީސްމީޑިއާގައި ޕޯސްޓު ކުރާނެ ކަމަށްބުނެ އަންހެނުންގެ އަތުން ފައިސާ އަތުލާފައި ކަމަށެވެ. އަދި އޭނާ ވަނީ ބައެއް އަންހެނުންގެ ފޮޓޯ ބޭނުންކޮށް ފޭކް އައިޑީތައް ހަދައި އޭނާގެ އަތުގައި އެމީހުންގެ ބަރަހަނާ ފޮޓޯ ހުރިކަމަށް ބުނެ ފައިސާ ހޯދުމަށް ވެސް ބިރު ދައްކާފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ބޭންކެއްގައި މަސައްކަތް ކުރަމުންދާ އަންހެނެކެވެ. އޭނާ ހުށަހެޅި މައްސަލަ އަކީ ބަރަހަނާ ފޮޓޯ ލީކް ކުރާނެ ކަމަށް ބުނެ ފައިސާ ހޯދުމަށް ބިރު ދައްކާ މައްސަލައެެވެ.

26 އަހަރުގެ މި މީހާ 100 އަށްވުރެ ގިނަ އަންހެނުންނަށް ބިރު ދައްކާފައިވާއިރު މި މީހާ މިހާރު ވަނީ ހައްޔަރު ކުރެވިފައެވެ. އަދި މި މީހާ އަކީ ކުރިން ވެސް ކުށުގެ ރިކޯޑް އޮތް މީހެއް ކަމަށާއި މި މައްސަލަ ބަލަމުންދާ ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!