Thursday, 12 November 2026
Advertisement
Ooredoo — Article-Top (leaderboard)
ވިޔަފާރި

2027 ބަޖެޓުގައި އިތުރު ދަރަނި ނުނަގައި ރިކަރަންޓް ހަރަދު ހަމަޖައްސަނީ

2027 ބަޖެޓުގައި އިތުރު ދަރަނި ނުނަގައި ރިކަރަންޓް ހަރަދު ހަމަޖައްސަނީ

އިތުރު ދަރަނި ނުނަގައި ލިބޭ އާމްދަނީން ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ހަމަޖައްސައި ކުރިއަށް އޮތް ތިން އަހަރުތެރޭ ގައުމީ ދަރަނި ދަށްވާނެ މިސްރާބަކަށް އަނބުރާލުމުގެ މައިގަނޑު އަމާޒު އަންނަ އަހަރަށް ކަނޑައަޅައިފިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން 2040ވަނަ އަހަރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ދުރުރާސްތާ ތަސައްވުރާ ގުޅުވައިގެން ހުށަހަޅާ މި ބަޖެޓުގައި، މެކްރޯއިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށާއި ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މުހިންމު އޮޕަރޭޝަނަލް އަދި ފިސްކަލް އަމާޒުތަކެއް ވަނީ ކަނޑައަޅާފައެވެ.

ލިބޭ އާމްދަނީން ރިކަރަންޓް ޚަރަދު ހަމަޖެއްސުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އެއް އަމާޒަކީ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 32 އިންސައްތައަށްވުރެ ދަށްނުވާނެ މިންވަރެއްގައި (33.3% ގައި) ހިފެހެއްޓުމެވެ.

އަންނަ އަހަރުގެ އަމާޒުތައް

  • 2027ވަނަ އަހަރު ދައުލަތަށް 43.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.
  • ދައުލަތުގެ ރިކަރަންޓް ޚަރަދު 42.7 ބިލިއަން ރުފިޔާގައި ހިފަހައްޓައި، ލިބޭ އާމްދަނީން ރިކަރަންޓް ޚަރަދުތައް ފޫބެއްދުމަށް ވަނީ ރާވާފައެވެ.

ފިނޭންސުން ބުނީ ޕޭ ފްރޭމްވޯކްގެ ސަބަބުން މުސާރައިގެ ޚަރަދު ބޮޑުވެފައިވީ ނަމަވެސް، އާ މުވައްޒަފުން ނެގުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާ އެކު އަންނަ އަހަރު މުވައްޒަފުންގެ ޚަރަދު އިތުރުވިޔަނުދީ ހިފަހައްޓާނެއެވެ. މީގެ އިތުރުން، ސޯލާ ހަކަތަ އިތުރުކޮށް ތެލާއި ކަރަންޓު ސަބްސިޑީ ކުޑަކުރުމާއި، ސެންޓްރަލައިޒްޑް ބަލްކް ޕްރޮކިއުމަންޓް ނިޒާމެއްގެ ދަށުން ބޭހާއި މެޑިކަލް ސާމާނު ހޯދައިގެން އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.