ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ކޯލިޝަން ހަދަން އަދާލަތު ޕާޓީން ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއާ ކޯލިޝަން ހަދަން އަދާލަތު ޕާޓީން ނިންމައިފިއެވެ.
އެ ނިންމުން ނިންމިކަން އަދާލަތު ޕާޓީން ހާމަކުރީ ރޭ އެ ޕާޓީން އާންމުކުރި ގަރާރެއްގައެވެ.
އެގޮތުން ދީނުގެ ކަންކަން ހަރުދަނާކޮށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކޮށް ގައުމުގެ އިގުތިސޯދު ރަނގަޅުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް ރިޔާސީ އިންތިހާބަށް އިއްތިހާދުވާން ރައީސް މުއިއްޒުއާއި ޕީއެންސީން ދައުވަތު ލިބުނުކަމަށް އަދާލަތު ޕާޓީން ބުންޏެވެ.
އަދި މަސްލަހަތު މިވަގުތު އޮތީ ގުޅިގެން މަސައްކަތް ކުރުން ކަމަށްވާތީ ރައީސް މުއިއްޒު ދެއްވި ދައުވަތު ގަބޫލުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއާ ކޯލިޝަން ހަދަން ނިންމީކަމަށް އަދާލަތު ޕާޓީން ބުންޏެވެ.
އެއާއެކު މި ދައުރުގެ ބާކީ އޮތް މުއްދަތުގައިވެސް ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމާފައިވާކަމަށް އަދާލަތު ޕާޓީން ބުންޏެެވެ.
އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި މިހާރު ހުންނަވަނީ ޝައިހު މުހައްމަދު ޝިފާންއެވެ. އަދި ނައިބު ރައީސްއަކީޝައިޚް އަބްދުالله ރަޝީދުއެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.