Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑް-19 ޖެހިގެން ނޭވާލާން އުނދަގޫވި ދެ ކުއްޖަކު އެޑްމިޓްކޮށްފި

ކޮވިޑް-19 ޖެހިގެން ނޭވާލާން އުނދަގޫވި ދެ ކުއްޖަކު އެޑްމިޓްކޮށްފި

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނޭވާލާން އުނދަގޫވި ކުޑަ ދެކުދިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހުނު 4 މަހުގެ ތެލެސީމިއާ ކުއްޖަކު ހޮޑުލަމުންދާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް ޖެހުނު 2 ކުއްޖަކު އެޑްމިޓްކޮށްފައިވާ ކަން ފާހަގަކޮށް އޭގެ އިތުރުން ކޮވިޑަށް ފައްސިވި މާބަނޑު މީހަކު ވިހާފައިވާ ކަން ފައިސަލް ހާމަ ކުރެއްވިއެވެ.

Advertisement
Ooredoo — Truecaller (box)

އަދި މި މީހާ ވިހެއި ދަރިފުޅު ކޮވިޑް-19 އަށް ޓެސްޓު ކުރަމުން އަންނަ ކަމަށާއި ކުއްޖާގެ އާއިލާގެ ތިން ކުޑަކުދިންގެ ތެރެއިން ދެ ކުއްޖަކު ބައްޔަށް ފައްސި ކަމަށާއި އަނެއް ކުއްޖާ ނައްސި ވިޔަސް އުޅެން ޖެހެނީ ފައްސި މީހުންގެ ތެރޭގައި ކަމަށް ފައިސަލް ވިދާޅުވިއެވެ.

ނަމަވެސް މި ކުދިންގެ އިތުރު މައުލޫމާތެއް ޑރ. ފައިސަލް ހާމަ ކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް