ޚަބަރު ވިޔަފާރި

ކުކުޅު ފިހާރައިގެ "ޝޯވ ރޫމެއް" ފުނަދޫގައި ހުޅުވައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ކުކުޅުފިހާރަ، ށ.ފުނަދޫ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނިކުރި ތަކެތި ހޯލްސޭލް ކުރަމުން އަންނަ ކުކުޅު ފިހާރައިގެ އިތުރު ޝޯވް ރޫމެއް ށ.ފުނަދޫގައި ހުޅުވައިފިއެވެ.

Ads by Sosun Fihaara

"ކުކުޅު ފިހާރައިން" މައުލޫމާތު ދީފައިވާ ގޮތުގައި ފުނަދޫގައި އެކުންފުނީގެ ފިހާރައެއް ހުޅުވީ ށ.އަތޮޅުގެ ރަށްތަކަށް ފަސޭހަކަމާއެކު ފިނިކުރި ކާބޯތަކެތި ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

ކުކުޅު ފިހާރައިގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި އެ ފިހާރައިގެ އަމާޒަކީ އަގުހެޔޮކޮށް ރައްޔިތުންނަށް ބޭނުންވާ ފިނިކުރި ތަކެތި ފޯރުކޮށްދިނުމެވެ.

މީގެއިތުރުން "ކުކުޅު ފިހާރަ" އިން ކޮންމެ ހަފުތާއަކު "ފްރޯޒަން ޕެކް" އެއް ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފައެވެ. އަންނަ މާރޗް މަހުގެ ނިޔަލަށް ފޭސްބުކްގައި އެ ފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކުކުޅު ފިހާރައިގެ ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓަށް ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މީގެ އިތުރުން 10 ކޭސް ކަރީ ކަޓް ގަތުމުން 01 ކޭސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ވެސް ކުކުޅު ފިހާރައިން ވަނީ ފަށާފައެވެ.

ކުކުޅު ފިހާރަ ފާހަގަވެގެން ގޮސްފައިވަނީ އަގުހެޔޮކަމާއެކުގައި ތަކެތި ހޯލް ސޭލް އަދި ރީޓެއިލްކޮށް ވިއްކާ ފިހާރައެއްގެ ގޮތުގައެވެ. ކުކުޅު ފިހާރައިގެ ހޯލްސޭލް ސެންޓަރު ހުންނަނީ މާލޭގެ ނިކަގަސް ހިނގުމުގައެވެ. ހޯލް ސޭލްކޮށް ކުކުޅު ގަންނަން ބޭނުންވާ ފަރާތްތަކުން 9986575 ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!