ބޮލީވުޑް

ނޯރާގެ ބަދަލުހިފުން އެތައް ބަޔަކަށް ކަމުގޮސްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނޮރޯ ފަތޭހީ އަކީ މިހާރު އާ ނަމެއް ނޫނެވެ. ތެދަށް ބުނަންޏާ މިހާރު އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެސް މަޝްހޫރު ނަމެކެވެ. އެތައް ބައެއްގެ ހިތްތަކުގައި ރަނިކަން ކުރަމުންދާ ހުށަހެޅުންތެރިއެކެވެ. ކުޅަދާނަ ނެށުންތެރިއެއްގެ އިތުރުން މޮޅު އެކްޓްރެސްއެއް ވެސް މެއެވެ.

Ads by STELCO

ނޯރާ ހަރަކާތްތެރިވާ ކޮންމެ ލަވައެއް ވެސް ސުޕަހިޓް ވެގެން ދެއެވެ. މިސާލަކަށް ބުނާނަމަ "ދިލްބަރް ދިލްބަރް" ގެ ބެލީ ޑާންސާއި، "ސާކީ ސާކީ" ގެ ހޫކް ސްޓެޕަކީ މިހާރުވެސް އެތައް ބަޔަކު އަމިއްލަ ގޭގައި ވެސް ހެދޭތޯ މަސައްކަތް ކުރާ ސްޓެޕްތަކެކެވެ. މީގެއިތުރުން "ހައެ ގަރްމީ" އާއި މިދިޔަ އަހަރު ފަހުކޮޅު ރިލީޒްވި "ނަޗް މެރެ ރާނީ" އަށް ވެސް އެތައް ބައެއްގެ ތަރުހީބު ލިބުނެވެ.

މޮރޮކޯއަށް އުފަން ކެނެޑާގައި އުޅެ ބޮޑުވި، އަދި މިހާރު އިންޑިއާގެ ބޮލީވުޑްގައި ފައިހަމަ ކޮށްފައިވާ ނޯރާގެ އެންމެ ފަހުން ރިލީޒްވި ލަވައަކީ "ޗޯޅް ދޭންގޭ" މިލަވައެވެ. އެހެން ލަވަތަކާއި ޚިލާފަށް މިފަހަރު ނޯރާ ހަރަކާތްތެރި ވެފައި މިވަނީ މަޑުމައިތިރި، އިންޑިއަން ކްލެސިކަލް ލަވައަކަށެވެ. ނެށުމަށް ފޯރި ހުންނަ ނޯރާ، މިފަދަ މަޑުމައިތިރި ލަވައަކަށް ހަރަކާތްތެރިވާން އުޅޭކަން އެނގުމުން، ގިނަ ބަޔަކު ބުނަމުން ދިޔައީ އޭނާއާ އެފަދަ ލަވަތައް ނުގުޅޭނެ ކަމަށެވެ.

ނަމަވެސް ރަޖިތު ދޭވްގެ މޮޅު ކޮރިއޮގްރަފީ އަކަށް ނޯރާ ނަރާ، އެކްޓު ކޮށްފައިވާ މިލަވަ ވެސް ވެގެން ދިޔައީ އެތައް ބަޔަކަށް ވަރަށް މަގުބޫލުވި ލަވައަކަށެވެ. މިމަހުގެ 5ވަނަ ދުވަހު ޔޫޓިއުބްގައި މިލަވަ ރިލީޒް ކޮށްފައިވާއިރު، މިހާރުވެސް 44,579,946 މީހުން އެލަވަ ބަލާފައިވެއެވެ. އަދި 1.6 މިލިއަނަށްވުރެ ގިނަ ލައިކްސް އެލަވައަށް ލިބިފައިވެއެވެ.

ނޯރާގެ މިލަވައާ ބެހޭ ގޮތުން އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ރަޖަތު ބުނީ މިލަވައަށް ޝޫޓު ކުރަން ފެށުމުގެ ކުރިން 40 ދުވަސް ވަންދެން ރިހާސް ކުރި ކަމަށެވެ.

"އާންމު ގޮތެއްގައި ނޯރާ އަކީ އަވަސް ލަވަތަކަށް ނަށާފައިވާ ފަންނާނަކަށް ވުމުން، މިލަވައަށް ބޭނުންވާ އެކްސްޕްރެޝަންތައް ވަރަށް ބޮޑަށް އޭނާއަށް ދަސްކޮށް ދޭން ޖެހުނު. އެހެން ލަވަތަކުގައި ހެވިފައި ހުރެ ނެށުން ކަމުގައިވިޔަސް، މިލަވައަކީ އަނިޔާއާއި ބޭއިންސާފު ލިބިފައިވާ އަންހެނެއް ދައްކުވައިދޭ ލަވައެއް ކަމުގައިވާތީ، މޫނުމަތީގެ އެކްސްޕްރެޝަނުން ވެސް އެއަނިޔާއާއި ރުޅިވެރިކަން ދައްކުވައިދޭން ޖެހޭ. އެހެންކަމުން ލަވައިގެ ޕްރެކްޓިސް އަށް 40 ދުވަސް ނެގި" ރަޖަތު ބުނެފައިވެއެވެ.

"ޗޯޅް ދޭންގޭ" މިލަވައިގައި ދައްކުވައިދެނީ، އަނިޔާ ލިބުނު އަންހެނަކު، އޭނާއަށް އަނިޔާވެރިވި މީހާގެ ފަރާތުން ބަދަލު ހިފާ ގޮތެވެ.

Ads by Ooredoo
  1. ޏނބހ

    ލަވަ ބެލުމަކީ ކަޑައެޅިގެން ހަރާމް ކަމެއް ޖާހިލުންތަކާ. މިއޮތީ ރަސޫލާ ގެ ހަދީޠް ގައި އޮތް ދުވަސް އައިށައެވެ.ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ ބައެއްމީހުން ޒިނޭކުރުމާއި ފަށުވިފޭރާން ލުމާއި މަޢާޒިފް ( ލަވަކިޔުމަށް ބޭނުންކުރާ ސާމާނު ) ޙަލާލުކުރާނެއެވެ.އަދި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްގައިވާ ފަދައިން يستحلون ގެ މާނައަކީ މިހުރިހާ އެއްޗިއްސަކީ އަސްލުގައި ޙަރާމް އެއްޗެހިކަމުގައެވެ. އެހެން ނަމަވެސް މީސްތަކުން އެއެއްޗެހި ހަލާލުކުރާނެއެވެ. އިތުރު ފާފަ ތަށް ކުރުމަށް މަގުފަހި ނުކޮއް ތިބޭ.. ﷲ ހަރާމް ކުރެއްވި ކަންކަމަށް މިއަދު ފަސް އަޅާ ފޮރުވި ކަމުގައި ވީ ނަމަވެސް މާދަމާ ތިބާ އެ ފަސްގަނދު ދަށައް ދާންޖެހިދާނެ..