ބޮލީވުޑް

ސިނަމާތައް ހީވަނީ ދިރުމެއް ނެތް ސަހަރާތަކެއް ހެން: ސަލްމާން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސިނަމާތައް ބަންދު ކޮށްފައި ހުންނަތާ ދެ އަހަރު ވަނީ ކަމަށާއި މިހާރު އެތަންތަން ސިފަ ވަނީ ދިރުމެެއް ނެތް ސަހަރާއެއް ހެން ކަމުގައި ބޮލީވުޑް ތަރި ސަލްމާން ޚާން ބުނެފިއެވެ.

Ads by STELCO

ސިނަމާތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އޭގެ ގެއްލުން ގިނަ ބަޔަކަށް ލިބިގެންދާ ކަމަށް ސަލްމާން ވަނީ ބުނެފައެވެ. އެގޮތުން ސަލްމާން ބުނީ ބޮލީވުޑު ފިލްމުތައް ކިތަންމެ ވަރަކަށް ހެދިޔަސް އެ ދައްކާނެ ތަނެއް ނެތް ނަމަ ފައިދާއެއް ނެތް ކަމަށެވެ.

އަދި އެމީހުން ތިބެނީ ފިލްމު ހަދަން ކަމަށާއި، ނަމަވެސް އެ ފިލްމުތައް ދައްކަން ހުރި ސިނަމާތަކުގައި ދިރުމެއް ނެތް ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ސަލްމާން ވަނީ ކުރިއެކޭ ވެސް އެއްގޮތަށް ސިނަމާތައް އަލުން ހުޅުވަން ގޮވާލާފައެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރެން ފެށުމުން ސިނަމާތައް ބަންދު ކޮށްފައި ވަނީ މާޗު މަހުގެ 25 ގައެވެ. ފަހުން ލޮކްޑައުން އަށް ދިން ލުއިތަކާއެކު ސިނަމާތައް ހުޅުވައި، ފިލްމު ބެލުމުގެ ފުރުސަތު ވަނީ ދީފައެވެ. ނަމަވެސް ކޮވިޑްް ގެ ބިރަށް އަދިވެސް ގިނަ ބަޔަކު ސިނަމާތަކަށް ނުދާ ކަމަށް ސަލްމާން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!