Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައްޑޫ ސިޓީގައި ކާފިޢު އިޢުލާންކޮށްފި

އައްޑޫ ސިޓީގައި ކާފިޢު އިޢުލާންކޮށްފި
ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށް އައްޑޫގައި ކާފިޢު އިޢުލާން ކޮށްފިއެވެ. ދެންމެ އެޗްޕީއޭއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ 2021 ފެބުރުވަރީ 10 ވަނަ ދުވަހުން ފެށިގެން، 7 ދުވަހުގެ މުއްދަތަށް، އައްޑޫ ސިޓީގައި ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފައި ވާ ކަމަށެވެ. މިގޮތުން އެޅި ފިޔަވަޅު ތަކަކީ؛
  • ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  • ރޭގަނޑު 00:8 އިން ފެށިގެން ފަތިހު 00:4 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  • އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.
  • އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުން.
  • ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  • .ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  • ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
  • ފިރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން.
  • ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
  • .ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ
އައްޑޫސިޓީ ގައި ކާފިއު އިއުލާނުކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މިވަނީ މިމަހުގެ 5ވަނަ ދުވަހު، ކަރަންޓީނުގައި ނެތް ދެމީހަކު ހިތަދޫން ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އުފެދުނު ކްލަސްޓާ އަކާއި ގުޅިގެންނެވެ. މިކްލަސްޓާއިން ގދ. ތިނަދޫން ވެސް ވަނީ ބަޔަކު ކޮވިޑަށް ފައްސިވެފައެވެ. މީގެއިތުރުން އައްޑޫސިޓީ ހުޅުމީދޫން އުފެދުނު ކްލަސްޓާއެއްގައި 24 މީހަކު މިހާތަނަށް ކޮވިޑަށް ފައްސިވެފައި ވެއެވެ.  

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް