ފްލެޓް ލިސްޓު އާންމު ކުރުމާއެކު ގެޒެޓް ވެބްސައިޓް "ޑައުން" ވެއްޖެ

ހިޔާ މަޝްރޫއުއަށް ކުރިމަތިލި ފަންސަވީސް ހާހަށްވުރެ ގިނަ މީހުންގެ ތެރެއިން ފްލެޓް ލިބޭ 6،720 މީހުންގެ ދާއިމީ ލިސްޓު ފްލެޓް ކޮމިޓީއިން މިރޭ ގެޒެޓްގައި އާންމު ކުރުމާއެކު ގެޒެޓް ވެބްސައިޓް "ޑައުން" ވެއްޖެއެވެ.
ގެޒެޓު ވެބްސައިޓް ޑައުންވީ ފްލެޓް ލިސްޓު އާންމު ކުރުމާއެކު މާގިނަ މީހުން ގެޒެޓަށް ވަނުމުން ސާވާ އަށް ބާރު ބޮޑުވެގެން ކަމަށް ލަފާ ކުރެވެއެވެ. މީގެ ކުރިން ވެސް މުހިންމު ލިޔުންތައް ގެޒެޓުގައި ޝާޢިއު ކުރުމުން މިފަދަ ކަންކަން ދިމާވެފައިވެއެވެ.
<img class="alignnone wp-image-61799 size-large" src="https://cdn.dhen.mv/wp-content/uploads/2021/02/photo6131661523165227904-807x1024.jpg" alt="" width="690" height="876" />ރައީސް ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއަކީ މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.






ކޮމެންޓް