Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އައްޑޫސިޓީ ކްލަސްޓާ: ހުޅުމީދޫން ފައްސިވީ އެކަކުގެ ހާލު ދެރަވެއްޖެ

އައްޑޫސިޓީ ކްލަސްޓާ: ހުޅުމީދޫން ފައްސިވީ އެކަކުގެ ހާލު ދެރަވެއްޖެ

އައްޑޫސިޓީ ހުޅުމީދޫން ފައްސިވީ އެކަކުގެ ހާލު ދެރަވެ، ހިތަދޫއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ހުޅުދޫ ދާއިރާގެ ކައުންސިލާ އިބްރާހިމް ޝުކުރީ ވިދާޅުވީ، ބިދޭސީއަކު ބަލިވެގެން ޕޯޓަލްގައި އެވާހަކަ ބުނުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެމީހާ ހިތަދޫއަށް ގެންދަން އެންގީ ކަމަށެވެ.

"ވަރަށް ބޮޑަށް ބަލިވެގެނެއް ނޫން. އެހެންނަމަވެސް ބަލިވެގެން އެމީހާ ޕޯޓަލްގައި އެވާހަކަ ބުނީމަ އެޗްޕީއޭއިން އެންގީ އެމީހާ ހިތަދޫއަށް ގެންދަން" ޝުކުރީ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޝުކުރީ ވިދާޅުވީ ހުޅުމީދޫން ވެސް ޑޮކްޓަރަކު އެމީހާ ބެއްލެވި ކަމަށާއި، އެމީހާގެ އެހާބޮޑަށް ބަލި ކަމަށް އެޑޮކްޓަރަށް ފެނިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެޗްޕީއޭގެ އެންގުމަށް ތަބާވުމަށް ބިދޭސީމީހާ ހިތަދޫއަށް ފޮނުވާލަނީ ކަމަށް ވެސް ޝުކުރީ ވިދާޅުވިއެވެ.

އައްޑޫސިޓީ ހުޅުމީދޫން އުފެދުނު ކްލަސްޓާގައި 24 މީހަކު ކޮވިޑަށް ފައްސިވިއެވެ. މީގެއިތުރުން ކަރަންޓީނުގައި ނެތް ދެ މީހަކު ހިތަދޫން ފައްސި ވެގެން، އެކްލަސްޓާ ވަނީ ވަރަށް ބޮޑުވެ އެކްލަސްޓާގެ ތެރެއިން ގދ. ތިނަދޫ އާއި ފުވައްމުލައް ސިޓީން ވެސް ކޮވިޑަށް ބަޔަކު ފައްސި ވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް