Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

"ވެކްސިން ނުޖަހަން، އަދި ޖަހާނަން"

"ވެކްސިން ނުޖަހަން، އަދި ޖަހާނަން"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކޮވިޑް-19 ވެކްސިން ޖެއްސެވި ކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ކޮށްފައިވާ ޓުވީޓެއްގައި އަދުރޭ ވިދާޅުވީ ، އޭނާ އަދި ވެކްސިން ނުޖަހާ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނަކީ ވެކްސިން ޖެހުމާ ދެކޮޅު ބައެއް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި އިދިކޮޅުން އެދެމުން ދަނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމަށް ވެސް އަދުރޭގެ ޓުވީޓުގައި ބުނެފައި ވެއެވެ.

"އަޅުގަނޑު ވެކްސިނެއް ނުޖަހަން. އަޅުގަނޑުމެންނަކީ ވެކްސިން ޖެހުމާ ދެކޮޅު ބައެއް ނޫން. އަޅުގަނޑުމެން އެދެނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް." އަދުރޭގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/banafsaa/status/1359518030254927877?s=21

ރާއްޖެއަށް އެންމެ ފުރަތަމަ 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކޮށްދިނީ އިންޑިއާއިންނެވެ. އަދި އެއީ އޮކްސްފޯޑް އެސްޓްރަޒެނެކާ އާއި އިންޑިއާގެ ސިރަމް އިންސްޓިއުޓް އިން އުފެއްދި ވެކްސިނަށް ވަގުތީ ހުއްދަ ދީފައި ވަނީ މިއަދު އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް