އެޗްޕީއޭ ވެސް ޓިކްޓޮކަށް: ވީޑިއޯއެއް އަދި ނެތް ނަމަވެސް، އެކައުންޓު ވަނީ ވެރިފައި ކޮށްފައި!

މުނިފޫހިފިލުވުމަށްޓަކައި އެތައް ބަޔަކު ބޭނުން ކުރަމުންދާ "ޓިކްޓޮކް" އެކައުންޓެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ހުޅުވައިފިއެވެ.
އެނގިފައިވާ ގޮތުގައި އެޗްޕީއޭއިން ޓިކްޓޮކް އެކައުންޓެއް ހުޅުވާފައި މިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިއެކައުންޓުގައި އެއެޖެންސީން ހިއްސާ ކުރާނީ ކޮވިޑާ ގުޅޭ އެކިއެކި މައުލޫމާތު ހިމެނޭ ވީޑިއޯތަކާއި އެނޫންވެސް އެކިއެކި ބަލިތަކާ ގުޅޭ މައުލޫމާތާއި ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ވީޑިއޯ ކަމަށް ބެލެވެއެވެ.
އެޗްޕީއޭގެ ޓިކްޓޮކް އެކައުންޓުގައި އެއްވެސް ވީޑިއޯއެއް ހިއްސާ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެއެކައުންޓު މިހާރު ވަނީ ވެރިފައި ކޮށްފައެވެ.
މިހާތަނަށް އެޗްޕީއޭގެ ޓިކްޓޮކް އެކައުންޓުން ފޮލޯ ކުރަނީ ހަމައެކަނި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ޔުނިސެފް ގެ ޓިކްޓޮކް އެކައުންޓެވެ. އަދި މިހާތަނަށް ހަތަރު ފަރާތަކުން ވަނީ އެޗްޕީއޭގެ އެކައުންޓު ފޮލޯ ކޮށްފައެވެ.<img class="alignnone wp-image-62390 size-large" src="https://cdn.dhen.mv/wp-content/uploads/2021/02/20210211_131210-1024x767.jpg" alt="" width="1024" height="767" />
ޓިކްޓޮކަކީ އާންމުކޮށް މީހުން މަޖާ ކުރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ އެޕްލިކޭޝަނެއް ނަމަވެސް، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގެ ބޮޑެތި ޖަމިއްޔާ ޖަމާޢަތްތަކާއި ކުންފުނިތަކުން ވެސް، މައުލޫމާތު ފޯރު ކޮށްދިނުމުގެ ގޮތުން ޓިކްޓޮކް އެކައުންޓު އުފައްދާ، އެފަދަ ފައިދާހުރި މައުލޫމާތު ޙިއްސާ ކުރެއެވެ.







ކޮމެންޓް