Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފަތުރުވެރިއެއް އަތުން 3000 ޑޮލަރު ނެގި މައްސަލައެއްގައި ކެބިން ކްރޫއެއް ހައްޔަރު ކޮށްފި

ފަތުރުވެރިއެއް އަތުން 3000 ޑޮލަރު ނެގި މައްސަލައެއްގައި ކެބިން ކްރޫއެއް ހައްޔަރު ކޮށްފި

ފަތުރުވެރިއެއްގެ 3000 ޑޮލަރު ވަގަށް ނެގި ކެބިން ކްރޫއެއް ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބ. އަތޮޅުގައި ހިންގާ ރިސޯޓަކަށް ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާ ތަކެއް އެ ފަތުރުވެރިޔާ ދަތުރުކުރި ސީޕްލޭންގެ ކެބިން ކްރޫއެއްގެ އަތުން ފެނިފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން ވިދާޅުވީ، މިމައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާ ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.

އޮންލައިން ނޫސް "ވަގުތު"ން ބުނެފައި ވަނީ މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ޓީއެމްއޭ ގެ ކެބިން ކްރޫއެއްކަން އެނޫހަށް އެނގިފައިވާ ކަމަށެވެ. އަދި އެ ފަތުރުވެރިޔާއަކީ ލަނޑާގިރާވަރު ރިސޯޓަށް ދިޔަ ފަތުރުވެރިއެެއް ކަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް