ދީން

އެސްފީނާ ޖެހިފައިވާ މީހުނަށް ފެންނަ ބައެއް ހުވަފެން

ދެން އެމްވީ ، ދެން އޮންލައިން

ހުވަފެނަކީ 3 ގޮތަކުން އިންސާނުންނަށް ފެންނަ އެއްޗެކެވެ. ބައެއް ހުވަފެނަކީ މާތް ﷲގެ ހަޒުރަތުން އަންނަ ތެދު ހުވަފެނެވެ. އަނެއްބައި ހުވަފެނަކީ އިންސާނާގެ ސިކުނޑީގައި ހުންނަ މަޢުލޫމާތު ނުވަތަ އިންސާނާ ކުރާ ކަންކަމާއި ގުޅިގެން ފެންނަ ހުވަފެނެވެ. އަނެއްބައި ހުވަފެނަކީ ޝައިޠާނާ ތިމާ ބިރުގަންނަވާ މާޔޫސް ކުރުމަށް ދައްކާ ހުވަފެނެވެ. އެހެންކަމުން އިންސާނާއަށް ފެންނަ ހުވަފެނަކީ އިންސާނާގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެކެވެ.

Ads by Sosun Fihaara

ޙާނީ ބަލިތައް ކަމުގައިވާ އެސްފީނާ، ޙަސަދަ، ސިޙުރު އަދި ޖިންނި އަވަލުމަކީ މިކަންކަމާއި ޖިންނި ޝައިޠާނުންނާއި އިންސާނުންގެ ނުބައި ނަފްސާއި ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން މިފަދަ ކަންކަން ޖެހުމުން އިންސާނާއަށް ނިދީގައި ތަފާތު ގޯނާތައް ކުރިމަތިވެއެވެ. މިކަންކަމާއި ގުޅިފައިވާ ހުވަފެންތައް ފެނެއެވެ. އަދި މިފަދަ ހުވަފެންތަކަކީ އެފަދަ ބައްޔެއް ޖެހިފައިވާ ކަމުގެ ޢަލާމާތެކެވެ.

އެގޮތުން އެސްފީނާ ޖެހުމުން ވެސް މި ފަދަ ހުވަފެންތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން މި ހިމަނާލަނީ އެސްފީނާ ގެ ސަބަބުން ފެނިދާނެ ބައެއް ކަހަލަ ހުވަފެންތަކެވެ.

ބުޅާ
• ޒާތްޒާތުގެ ސޫފި
• ނަގުލަންދާށި
• ކުއްތާ ނުވަތަ ކުއްތާ ތަކެއް
• ޖިންނިއެއް ބަލަން ހުންނާތީ ފެނުން
• ބޭކާރު ހުސްވާހަކަތައް ދެއްކުމާއި މީހުނަށް އައިބު ކިޔައި ޣީބާ ބުނެ ފުރައްސާރަކޮށް މަލާމާތް ކުރާތީ ފެނުން، މީހުންގެ ޒާތީ ކަންކަމާއި ބެހި ފާޑު ކިޔާތީ ފެނުން.
• ހިނި ނުވަތަ ކުދިކުދި އެފަދަ ސޫފި
• ހުވަފެނުގައި ލޯ ފެނުން ނުވަތަ އެއްކޮށް ފޮރުވިގެން ތިބޭ އަންހެނުން ހުވަފެނުގައި ފެނުން
• އެމީހުނަކީ އެމީހުންގެ އެސްފީނާ ވަރުގަދަ ބައެއްކަމަށް ނުވަތަ އެމީހުންގެ އެސްފީނާ އެހެން މީހުނަށް ޖެހޭ މީހުން ކަމަށް މަޝްހޫރުކޮށް އެނގިފައިވާ މީހުން، ތިމާއާއި ދިމާއަށް، ތޫނު / ޙަސަދަވެރި / ނުރުހުމުގެ / އަނިޔާވެރި ނަޒަރަކުން ބަލާތީ ފެނުން. އަދި އެމީހުންގޭ ލޯ ނުބައި ސިފައެއްގައި ފެނުން.
• ގަބުރާއި މަރުވެފައި ތިބޭ މީހުން
• ތިމާއަށް ތިޔަހުރީ އެސްފީނާ ޖެހިފައޭ ބުނާއަޑު އިވޭ ހުވަފެން
• ތިމާއާއިމެދު ހަސަދަވާކަމަށް އޭނާގެ ޢަމަލާއި ބަހުގެ ސަބަބުން ޝައްކު އުފެދިފައިވާ މީހަކު ފެނުން
• އެސްފީނާގެ ވާހަކަ ނުވަތަ ޙަސަދައިގެ ވާހަކަ، ނުވަތަ އެދެކަމުގެ ވާހަކަ ނަންގަނެވިގެންވާ އާޔަތެއް ނުވަތަ އާޔަތްތައް

ޔާންވެ ދިޔަ ފަދަ ހުވަފެނެއް ފެނުނު ނަމަ ވެސް، އެހުވަފެންތައް ވެސް ހިމެނިގެން ދަނީ ނުރުހެވޭ ނުވަތަ ނުބައި ހުވަފެނުގެ ތެރޭގައެވެ. އެހެންކަމުން އެފަދަ ހުވަފެނެއް ފެނިއްޖެ ނަމަ ނުބައި ހުވަފެނެއް ފެނުމުން ޢަމަލު ކުރުމަށް ސުންނަތުގައި އައިސްފައިވާ ގޮތްތަކަށް ޢަމަލުކުރާށެވެ. އޭރުން އޭގެ ގެއްލުން ނުފޯރައި މާތް ﷲގެ އިރާދަފުޅުން ރައްކާތެރިކަން ލިބިގެންދާނެއެވެ.

ހަމަ އެހެންމެ ނިދާއިރު ވުޟޫކޮށް، ނިދާ އިރު ކިޔުމަށް އައިސްފައިވާ ޒިކުރު ތަކާއި ދުޢާތައް ކިޔުމަށް ޚާއްސަ ސަމާލުކަމެއް ދޭށެވެ. ޚާއްސަކޮށް އާޔަތުލް ކުރުސި ކިޔުމަށް ހަނދާން ކުރާށެވެ. މިފަދަ ހުވަފެނެއް ފެނިލާއިރަށް ބިރުން އުޅުމުގެ ބަދަލުގައި މިދެންނެވި ކަންކަން ހަނދާނުގައި ބަހައްޓައި ޢަމަލުކުރަމާ ހިނގާށެވެ. އޭރުން މާތް ﷲގެ ރަޙުމަތާއި އެކު ސަލާމަތްކަން ލިބޭނެއެވެ.

މަސްދަރު: މައިތިރި.ކޮމް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!