އަހަރެން މުޅިން އެކަނި ވެއްޖެ: ރަންދީރު ކަޕޫރު

ކޮއްކޮ މަރުވުމާއެކު އޭނާ ދުނިޔެއަށް މުޅިން އެކަނި ވެއްޖެ ކަމުގައި، ރާޖު ކަޕޫރުގެ ދޮށީ ދަރި ރަންދީރު ކަޕޫރު ބުނެފިއެވެ.
ރަންދީރު މިހެން ބުނެފައިމިވަނީ އޭނާގެ ކޮއްކޮ ރާޖީވް ފާއިތުވި ހަފްތާ ތެރޭގައި ހާޓް އެޓޭކް އެއް ޖެހުމާ ގުޅިގެންނެވެ.
ރަންދީރު ބުނީ އޭނާގެ މަންމަ އާ ދެ ކޮއްކޮގެ އިތުރުން ދައްތަ ފާއިތުވި އަހަރުތަކުގައި އޭނާ ދޫކޮށްފި ކަމަށެވެ. އެގޮތުން އޭނާގެ މަންމަ ކްރިޝްނާ ކަޕޫރު މަރުވީ 2018 ކަމަށާއި މިދިޔަ އަހަރު ޖެނުއަރީ 14 ގައި ދައްތަ ރީތޫ ކަޕޫރު މަރުވި ކަން ފާހަގަކުރަމުން ރަންދީރު ބުނީ އެންމެ ފަހުން ރިޝީ އާއި ރާޖީވް ވެސް އޭނާ ދޫކޮށް ދިޔައީ ކަމަށެވެ.
ރާޖީވް މަރުވީ އުމުރުން 58 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެންނެވެ. އަދި މިދިޔަ އަހަރުގެ އޭޕްރިލް މަހު ރިޝީ ކަޕޫރު މަރުވީ ކެންސަރާ ހަނގުރާމަ ކުރަމުން އަންނަނިކޮށެވެ.