Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް-19:ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ!

ކޮވިޑް-19:ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ!

ކޮވިޑް-19 ޖެހުނު އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައިވަނީ މިބައްޔަށް ފަރުވާ ހޯދަމުން ދިޔަ ފިލިޕީންސްގެ ރައްޔިތަކު، މިއަދު މެންދުރު 13:50 ހާއިރު ނިޔާވެފައިވާ ކަމަށެވެ.

މިއަދު މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ އުމުރުން 43 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އެޗްޕީއޭ އިން މައުލޫމާތު ދީފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވެފައިވާ މީހުންގެ ތެރެއިން، ހާލު ދެރަ ވެގެން އިއްޔެ ތިން މީހަކު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ. އޭގެ ތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި ކަމަށް ވެސް އިއްޔެ ވަނީ މައުލޫމާތު ލިބިފައެވެ.

މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2337 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1927 އަށް އަރާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް