Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިއަދު ކޮވިޑަށް ފައްސިވީ 24 މީހުން

މިއަދު ކޮވިޑަށް ފައްސިވީ 24 މީހުން

މިއަދު އިތުރު 24 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 24 މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި، ބަންގްލަދޭޝްގެ ހަތް މީހެއްގެ އިތުރުން އިންޑިއާގެ ހަ މީހެއް ކަމަށެވެ.

މި 24 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2361 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 403 މީހަކަށެވެ.

Advertisement
Ooredoo — Square (box)

އަދި މިއަދު އިތުރު 17 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1944 އަށް އަރާފައެވެ.

މި ބަލީގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ހަތަރު ދިވެހިންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް