Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ﷲއަށް ހަމްދުހުރި، އިތުރު 17 މީހަކު ބަލިން ރަނގަޅު ވެއްޖެ

ﷲއަށް ހަމްދުހުރި، އިތުރު 17 މީހަކު ބަލިން ރަނގަޅު ވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 17 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މި ނުވަ މީހުންނާއެކު، ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1944 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 24 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި، ބަންގްލަދޭޝްގެ ހަތް މީހެއްގެ އިތުރުން އިންޑިއާގެ ހަ މީހެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

މި ހަ މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2361 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 403 މީހަކަށެވެ.

މި ބަލީގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ހަތަރު ދިވެހިންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް