ދުނިޔެ

ދުނިޔެ ސަލާމަތް ކުރުމަށްޓަކައި ގެރިމަސް ކެއުން ހުއްޓާލަން ޖެހޭ ކަމަށް ބުނުމުން ބިލްގޭޓްސް ހޫނު ފެނަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުނިޔެ ސަލާމަތް ކުރުމަށްޓަކައި ގެރި މަސްކެއުން ހުއްޓާލަން ޖެހޭ ކަމަށް ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ކުރީ ސަފުގައި ހިމެނޭ އަދި މައިކްރޮސޮފްޓްގެ ކޯ އޯނާރ ބިލް ގޭޓްސް ބުނުމުން އޭނާއަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެއްޖެއެވެ،

Ads by Sosun Fihaara

ބިލްގޭޓްސް ބުނެފައިވަނީ މުއްސަނދި ގައުމުތަކުން ގުދުރަތީ ގެރިމަސް ކެއުން ހުއްޓާލަން ޖެހޭ ކަމަށާއި އޭގެ ބަދަލުގައި އިންސާނުން އުފައްދާ ގެރި މަސް ކާން ފަށަށް ޖެހޭ ކަމަށެވެ. އަދި ގެރިމަހުގެ ބަދަލުގައި ފަތްޕިލާވެލި ވެސް ކެވިދާނެ ކަމަށް ބިލްގޭޓްސް ވަނީ ބުނެފައެވެ.

ބިލްގޭޓްސް ބުނެފައި ވަނީ ދުނިޔެ ސަލާމަތް ކުރުމަށްޓަކައި ގެރި މަސް ކެއުން ހުއްޓާލަން ޖެހޭ ކަމަށާއި ސަބަބަކީ ގެރީގެ ކިބައިން ޖައްވަށް މުހިންމު ވައިތަކެއް ބޭރުވަމުން ދާތީ ކަމަށެވެ. އަދި އެންމެން ގެރި މަސް ކާން ވެއްޖެ ނަމަ ދުނިޔޭން ގެރި ހުސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބިލްގޭޓްސް ވަނީ ބުނެފައެވެ،

ބިލްގޭޓްސް މި މޭރުމުން ވާހަކަ ދެއްކުމުން، ގިނަ ބަޔަކު ވަނީ ޓްވީޓާގައި އޭނާއާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އަދި ބިލްގޭޓްސް މިފަދައިން ވާހަކަ ދައްކާއިރު އޭނާ އަކީ ވެސް ގެރި މަސް ކާން ވަރަށް ވަރުހުންނަ މީހެއް ކަމަށް ބައެއް މީހުން ޓްވީޓާގައި ބުނެފައި ވެއެވެ.

  1. ލަބީބު.

    ތިހިރީ މޯޑީގެ ސިހުރުޖެހިފަ މޯޑީޔާ ދިމާވެ އެތަނައްގޮސް ފައްޅިޔައް ވަންނަމީހަކު ސަލާމަތެއްނުވާނެ އަނަންތަރާ ޖީއެމްވެސް ހުރީ ތިޔަ ސިހުރު ޖެހިފަ ފޯސީސަން ޖީއެމް އަރުމާންޑޯވެސް ސޯނޫވެސް ތިޔަ ބައްޔައް ޕޮޒިޓިވް ވެފަތިބީ