ލައިފްސްޓައިލް

ކެންސަރަށް މަގުފަހިވާ ބައެއް ކާނާތައް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޕޮޓޭޓޯ ޗިޕްސް ފަދަ ތަކެއްޗަކީ ވަރަށް ގިނަ މީހުން ކެއުމަށް ވަރަށް ލޯބިކުރާ އެއްޗެކެވެ. ނަމަވެސް އޭގެ ސަބަބުން ކެންސަރަށް މަގު ފަހިވާކަން އެނގޭ ހެއްޔެވެ؟ ހަމަަ އެފަދައިން މަސްދަޅު، ގެރިމަސް އަދި މިފަދަ ކެމިކަލް ބޭނުން ކޮށްގެން ބަންދު ކުރެވިފައިވާ ތަކެއްޗަކީ ވެސް ކެންސަރު ޖެހުމަށް މަގުފަހިވާ އެއްޗެހިކަން ދިރާސާއިން އެއޮތީ ފެންނާށެވެ.

Ads by MWSC

އަހަރެމެން އެންމެންނަށް ވެސް އެނގޭނޭ ފަދައިން ޕޮޓޭޓޯ ޗިޕްސް އަކީ އޭގައި ގިނަ އަދަދެއްގެ ކެލޮރީސް ހިމެނޭ އެއްޗެކެވެ. އެހެންނަމަވެސް އޭގައި އިތުރު މާއްދާއެއް ކަމަށް ވާކާސިނޯޖެންވެސް ހިމެނޭ ކަމަށް ފަހުގެ ދިރާސާ އަކުން ވަނީ އެނގިފައެވެ. ކާސިނޯޖެން އޭ ބުނުމުން ގިނަ މީހުނަށް އެއީ ކޯއްޗެއް ކަން ނޭނގިދާނެއެވެ. ކާސިނޯޖެންއަކީ ސިނގިރޭޓުގައި ވެސް އެކުލެވޭ އަދި ކެންސަރަށް މަގުފަހިވާ ވިހަ މާއްދާއެކެވެ.

ދިރާސާ ތަކުން ސާބިތުވެފައިވާ ގޮތުގައި ބަންދު ކުރެވިފައިވާ ކާނާ ތަކުގައި ގިނަ އަދަދެއްގެ ސޯޑިއަމް ނައިޓްރޭޓްސް އެކުލެވޭ ކަމަށް ވެއެވެ. އަދި މީގެ ސަބަބުން ކާސިނޯޖެން ވެސް އޭގައި އެކުލެވޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ. ޚާއްސަކޮށް މިފަދަ ގޮތަކަށް ބަންދު ކުރެވިފައި ހުންނަ މަސް ފަދަ ތަކެތި ފިހެލުމުން ކިތަންމެ މީރު ވިޔަސް އިންސާނާގެ އެތެރެ ހަށްޓަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ކުރާނެ ކަމަށް ވެސް ދިރާސާއިން ދައްކައެވެ.

މިހެން ދެންނެވުމުން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ މައްސަލައަކީ ކާނާ ކަމަށެވެ. ނަމަވެސް މައްސަލައަކީ ކާ އެއްޗެއް ނޫނެވެ. އޭގައި އެކުލެވޭ ވިހަގަދަ މާއްދާ ތަކާއި ގިނަ ދުވަހު ކުނި ނުވާނޭ ގޮތަށް ހެދުމަށް ޓަކައި އޭގައި އެކުލަވާފައިވާ ކެމިކަލްތައް ވެސް މެއެވެ.

އެހެންކަމުން މިފަދަ ކެއުންތައް ކެއުމުން އިންސާނާގެ ހަށިގަނޑުގައި ކެންސަރަށް މަގުފަހިވާ ސެލްތައް އުފެދުމުގެ ފުރުސަތު ބޮޑުވެ ގިނަ ބަޔަކަށް ކެންސަރު ޖެހުމުގެ ސަބަބަކަށް މިފަދަ ކެއުންތައް ވަނީ ވެފައެވެ. މިކަމާ މެދު ވިސްނާ ފިކުރު ކޮށް، މީގެ ސަބަބުން ލިބޭ ގެއްލުންތައް އެނގުމުން މިފަދަ ކެއުންތަކުން ކެއުމާ ދުރުވަމާ ހިނގާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!