ޚަބަރު

ސިޔާސީ ދައުވާތަށް ބަރިބަރިއަށްކޮށް އަބުރުކަތިލުމަކުން، ލިބޭނެ މޮޅެއް ނޯންނާނެ: ނިހާން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސިޔާސީ ދަޢުވާތައް ބަރިބަރިއަށް ކޮށް އަބުރު ކަތިލުމަކުން، އެއްބަޔަކަށް ވެސް ލިބޭނެ މޮޅެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

Ads by MWSC

ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދު ފުރުން މަނާކޮށް އެމަނިކުފާނުގެ ޕާސްޕޯޓު ހިފެހެެއްޓީ ޤަވާއިދާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސް މަޤާމުތަކުގައި 40 ހަކަށް އަހަރު ދިވެހިޤައުމަށް ތެދުވެރި އިޚްލާޞްތެރި ޚިދުމަތް ކޮށްދީފައިވާ ބޭފުޅަކު ޤާނޫނަށް ފިލަން ނުދުވާނެ ކަމަށެވެ.

ސިޔާސީ ދަޢުވާތަށް ބަރިބަރިއަށް ކޮށް އަބުރު ކަތިލުމަކުން އެއްބަޔަކަށް ވެސް ލިބޭނެ މޮޅެއް ނޯންނާނެ، ހައްޤަށް ނަޞްރު ލިބޭނެ" ނިހާން ވިދާޅުވިއެވެ.

ދައުލަތުން ޖިހާދާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ޖިހާދު ހުންނަވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކު ރައްވާ އެއްބަސްވުމެއް އެކުލަވާލި ކަމަށް ބުނާ މައްސަލައެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!