Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

"ކޮބާ މަގޭ ފްލެޓް" އިހުތިޖާޖު ރޫޅާލުމަށް ޕެޕަރ ސްޕްރޭ ޖަހައިފި

"ކޮބާ މަގޭ ފްލެޓް" އިހުތިޖާޖު ރޫޅާލުމަށް ޕެޕަރ ސްޕްރޭ ޖަހައިފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ "ކޮބާ މަގޭ ފްލެޓު" އިހުތިޖާޖު ކޮންޓްރޯލު ކުރުމަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފިއެވެ.

ޕީޕީއެމް އޮފީސް ކުރިމަތިން ފެށި މި އިހުތިޖާޖުގައި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ހަރަކާތްތެރި ވަމުން އަންނައިރު ގިނަ އަދަދެއްގެ މީހުން ވެސް މި އިހުތިޖާޖުގައި ދަނީ ބައިވެރި ވަމުންނެވެ.

<img class="alignnone wp-image-64957 size-large" src="https://cdn.dhen.mv/wp-content/uploads/2021/02/IMG_20210219_173111_242-1024x768.jpg" alt="" width="1024" height="768" />

Advertisement
Ooredoo — Square (box)

މި އިހުތިޖާޖަކީ "ހިޔާ" މަޝްރޫޢުގެ ތިން ކެޓަގަރީއެއްގެ ފްލެޓު ދޫކުރުން ސަރުކާރުން ބާތިލު ކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް ފެށި އިހުތިޖާޖެކެވެ.

<img class="alignnone wp-image-64959 size-large" src="https://cdn.dhen.mv/wp-content/uploads/2021/02/IMG_20210219_173043_933-1024x768.jpg" alt="" width="1024" height="768" />

އެސަރަޙައްދުގައި ހުރި "ދެން" ގެ ނޫސްވެރިޔާ ޢާލިމް ޢަބްދުއްލަތީފު މައުލޫމާތު ދީފައިވާ ގޮތުގައި ފުލުހުން ދަނީ، މުޒާހަރާ ކުރުން ހުއްޓާލުމަށާއި ފުލުހުންނާ ކުރިމަތިނުލުމަށް އިންތިޒާރު ދެމުންނެވެ.

މުޒާހަރާގެ ބައިވެރިން މިހާރު ވަނީ އޯކިޑުމަގު ދޫކޮށް ފަނޑިޔާރު މަގަށް ގޮސްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް