ބޮލީވުޑުގެ މަޝްހޫރު ޖޯޑު ކަރީނާ ކަޕޫރު އަދި ސައިފް އަލީ ޚާން އަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.

Ads by MWSC

ރިޕޯޓުތައް ބުނާ ގޮތުގައި ކަރީނާ ވިހާފައި ވަނީ ފިރިހެން ކުއްޖެކެވެ. ކަރީނާ ވިހާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

ގިނަ ބަޔަކު ކަރީނާ ވިހާނެ ކަމުގެ އިންތިޒާރު ކުރަމުން އައިއިރު އޭނާ ބްރިޖް ކޭންޑީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނީ ވެސް ރޭގެ ވަގުތެއް ކަމަށް އިންޑިއާ ނޫސްތަކުން ބުނެއެވެ.

ކަރީނާ ދެވަނަ ދަރިފުޅު ވިހަން ދުވަސް ހަމަވި ތާރީޚަކީ މިމަހުގެ 14 ވަނަ ދުވަހެވެ.

ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރި ތައިމޫރް ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ. ދެވަނަ ދަރިފުޅު ލިބެން ވާއިރަށް ސައިފް ވަނީ ޗުއްޓީ ވެސް ނަގައި ދެވަނަ ދަރިފުޅަށް ވަރަށް ބޮޑަށް ތައްޔާރު ވެސް ވެފައެވެ.

ތައިމޫރް އުފަންވި ދުވަހުން ފެށިގެން ރިޕޯޓަރުން އޭނާ ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ވަށާލައިގެން ތިބި ނަމަވެސް، ދެވަނަ ދަރިފުޅަށް އެހެންވާން ބޭނުން ނުވާ ކަމަށް ސައިފް އާއި ކަރީނާ ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮއްކޮއެއް ލިބެން އުޅޭތީ އެކަމަށް ތައިމޫރް ތައްޔާރު ކުރުމުގެ ގޮތުން ކަރީނާއާއި ސައިފް ގެންދަނީ އޭނާއަށް މުޅި އުމުރު ދުވަހަށް ކުޑަ "ފްރެންޑެއް" ލިބެން އުޅޭ ކަމަށް ބުނަމުންނެވެ.

Ads by HDC
  1. މުހައްމަދު

    ދެން ކޮންމެ ދުވަހަކު އޭނަ ލާ ނޭވާގެ އަދަދައްދަންދެން އަޕްޑޭޓް ކުރަމުންދޭ! މުޅި ދުނިޔެ މިއުޅެނީ ތި މީހާ ނުވިހައިގެން.