Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފޮރިން މިނިސްޓަރ ޝާހިދުގެ ބޮޑުދައިތަ އަވަހާރަވެއްޖެ

ފޮރިން މިނިސްޓަރ ޝާހިދުގެ ބޮޑުދައިތަ އަވަހާރަވެއްޖެ

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ބޮޑުދައިތަ އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިނިސްޓަރު ޝާހިދުގެ ބޮޑުދައިތަ، ހައްވާ ޖަމީލް (މ.ދަރަވަންދޫގެ އުތުރުގެ) އަވަހާރަވެފައިވަނީ މިއަދު ހެނދުނު 8:14 ހާއިރުއެވެ.

ހައްވާ ޖަމީލް އަވަހާރަވުމާ ގުޅިގެން މިނިސްޓަރ ޝާހިދު ވަނީ އެކަން އާންމުކޮށް ޓްވީޓް ކުރައްވާފައެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/abdulla_shahid/status/1363326156393517062?s=20

މިނިސްޓަރ ޝާހިދުގެ ބޮޑުދައިތަ މިއަދު އަވަހާރަވެފައިވާއިރު، މީގެ އަހަރެއްހާ ދުވަސް ވަންދެން އެކަމަނާ އާލާސްކަންފުޅާ އުޅުއްވި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ހައްވާ ޖަމީލަކީ މިނިސްޓަރ ޝާހިދުގެ ބޮޑުދައިތަގެ އިތުރުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރު ހައްވާ ނަޒްލާގެ މާމަ ވެސްމެއެވެ.

ހައްވާ ޖަމީލު ގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް