Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޑިފެންސް ދާއިރާއިން އެހީވުމަށް 50 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ސޮއިކޮށްފި

ޑިފެންސް ދާއިރާއިން އެހީވުމަށް 50 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ސޮއިކޮށްފި

ޑިފެންސް ދާއިރާއިން މާލީ އެހީތެރިކަން ދިނުމާ ގުޅޭ 50 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި އެހީގެ ދަށުން ދިވެހިރާއްޖޭގައި ދިފާޢީ ކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން، މަޝްވަރާތައް ކުރިއަށް ދާކަމަށެވެ. މި ކްރެޑިޓް ފެސިލިޓީއަކީ އިންޑިއާގެ އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) މެދުވެރިކޮށް ހޯދާ މާލީ އެހީތެރިކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމުގެ އެއްބަސްވުމުގައި ރާއްޖެއާ އިންޑިއާ ދެމެދު ސޮއި ކޮށްފައި ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާޙިމް އަމީރުއެވެ.

Advertisement
Ooredoo — Square (box)

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރްއާއި، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއާއި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް