ބޮލުން އިސްތަށި ފައިބަނީތަ؟ ހައްލަކީ ޔޯގަޓު!

އަޅުގަނޑުމެންގެ ތެރޭގައި ފިރިހެނުންނާއި، އަންހެނުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ސިއްޙީ އެއް މައްސަލައަކީ ބޮލުން އިސްތަށި ފޭބުމެވެ. މިއީ މުއްސަނދިންނާއި، ފަޤީރުން ވެސް ތަޙައްމަލު ކުރަމުންދާ ހައްލެއް ލިބިފައިނެތް އަދި ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. އުމުރުން ހަގު ކުދިން ވެސް އަދި އުމުރުން ދުވަސްވީ މީހުންވެސް މިކަމުގައި ހައްލެއް ނުލިބި އެތައް މަސައްކަތެއް ކުރަމުން ދެއެވެ.
މިކަމުގައި ގިނަ ޒަމާންތަކެއް ވޭތުވެ ދިޔަ ފަހުން މިހާރު މިވަނީ މިކަމަށް އެކަށީގެންވާ ރަނގަޅު ހައްލެއް ލިބިފައެވެ. ބޮލުން އިސްތަށި ފޭބުމާ ބެހޭގޮތުން ހެދި އެކިއެކި ދިރާސާތަކަށްފަހު އެންމެ ރަނގަޅު ހެޔޮ ބަދަލެއް އައިސްފައިވަނީ ޔޯގަޓް ބޭނުން ކޮށްގެން ތައްޔާރުކުރާ ބޭހަކުން ކަން ކަމާބެހޭ މާހިރުން ވަނީ ހާމަކޮށްފައެވެ.
ޔޯގަޓާއި، ކުކުޅުބިސް އެއްކޮށްގެން ތައްޔާރުކުރި ބޭސް ބޭނުން ކޮށްގެން ހެދި މި ދިރާސާއިން ހާމަވާ ގޮތުގައި މިބޭސް ބޭނުން ކުރުމުގެ ސަބަބުން ބޮލުގެ އިސްތަށިގަނޑު ތުނިވެ އިސްތަށި ފޭބުން ހުއްޓުވުމުގެ އިތުރުން އިތުރަށް އިސްތަށި ފަޅާ ހެދި ބޮޑުވެއެވެ. އަދި ހަށިގަނޑުގައި ޕްރޮޓީންގެ އަދަދު އިތުރުވެ، ބޮލުގެ ރިއްސުމާއި، ހަށިގަނޑުގެ އެކި ތަން ތަން ރަތްވުމާއި، ހަށިގަނޑުގެ އެކި ތަން ތަނަށް ތަދުވުން ފަދަ ހަށިގަނޑަށް ދިމާވާ އާދައިގެ ކަންކަމުން ވެސް ދުރު ކޮށްދެއެވެ. އަދި ބެކްޓީރާއިން އިންފެކްޝަންތަކުން ދުރުކޮށްދީ، އިސްތަށިގަނޑު ވަރުގަދަ ކޮށްދޭނެ ކަމަށް މި ދިރާސާއިން ހާމަވެއެވެ.
ތައްޔާރު ކުރުމަށް ބޭނުން ވާނީ
1 ކުކުޅު ބިސް 2 ސައިސަމުސާ ޔޯގަޓްތައްޔާރު ކުރާނެ ގޮތް:
- ކުކުޅުބިހުގެ ހުދު ބަޔާއި، އޭގެ ރީދޫ ބައި ބޯ ތައްޓަކަށް ނުވަތަ ޖޯޑަކަށް އެޅުމަށްފަހު ރަނގަޅަށް އެކުވާނެހެން ގިރާލާށެވެ.
- ދެން އޭގެ ތެރެއަށް ޔޯގަޓް ކޮޅު އަޅާށެވެ. އަދި ރަނގަޅަށް އެކު ވަންދެން ގަށާލާށެވެ. ރަގަޅަށް އެކުވުމުން ފުދޭވަރަކަށް އޮލަވާނެއެވެ. އޮލަވަންދެން ގިރަން ވާނެއެވެ.






ކޮމެންޓް